ޝަރުޠު ހަމަނުވާނަމަ ދަރިފުޅަށް ފިލްމު ނުކުޅެވޭނެ ކަމަށް އާމިރް ޚާން ބުނެފި

އާމިރް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދަށް ފިލްމު ކުޅެވޭނީ އޭނާ ކަނޑައަޅާ ޝަރުޠު ފުރިހަމަ ވުމުން ކަމަށް އާމިރް ބުނެފިއެވެ. މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އާމިރް ބުނީ އޭނާ މިހާރު ދަނީ ޖުނައިދު ފިލްމީ ދާއިރާއަށް ނެރުމަށްޓަކައި ރަނގަޅު ވާހަކައެއް ހޯދަމުންނެވެ. ނަމަވެސް އާމިރްގެ ޝަރުޠަކީ ޖުނައިދު ވެސް އެހެން މީހުންނާ އެކު ސްކްރީން ޓެސްޓުގައި ބައިވެރިވާން ވާނެ ކަމަށެވެ. އަދި ފިލްމުން ފުރުޞަތު ލިބޭނީ ސްކްރީން ޓެސްޓުން ފާސްވުމުންނެވެ. ފާސްނުވަންޏާ ފިލްމުގައި ބައިވެރިނުކުރާނެ ކަމަށެވެ.

އާމިރް ބުނިގޮތުގައި ޢުމުރުން 26 އަހަރުގެ ޖުނައިދު ވެސް ޝައުޤުވެރިވަނީ އާމިރް ކުޅޭ ކަހަލަ ފިލްމު ކުޅޭށެވެ. ޖުނައިދް ވަނީ ލޮސް އެންޖެލިސްގައި ހުންނަ އެމެރިކަން އެކެޑަމީ އޮފް ޑްރެމެޓިކް އާޓްސް އިން ތިއޭޓަރ އާއި އެކްޓިން އިން ތަމްރީނު ހޯދާފައެވެ. އަދި މިހާރު ތިއޭޓަރުގައި މަސައްކަތް ކުރާތާ ތިން އަހަރު ވެއްޖެއެވެ. އާމިރް ވަނީ ޖުނައިދުގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށް ބުނެފައެވެ.

އަދި "ހީރޯ" އަކަށް ވުމުގެ ބަދަލުގައި އާމިރް ބޭނުންވަނީ ޖުނައިދު ވަރަށް ވަރުގަދަ ކެރެކްޓަރ ތައް ކުޅޭށެވެ. އޭނާ ބޭނުންވަނީ ދަރިފުޅު ލީޑް އެކްޓަރެއް ގޮތަށް މަސައްކަތް ކުރާށެވެ. ބަޠަލަކަށް ވުމާއި ތަފާތު ކެރެކްޓަރތައް ކުޅުމާއި ތަފާތު ކަމަށް އޭނާ ބުންޏެވެ. އެގޮތުން އޭނާގެ ފިލްމެއް ނުކުންނަ ކޮންމެ ފަހަރަކު ވެސް މީހަކު މީހުން ގޮވަނީ ކެރެކްޓަރ ގެ ނަމުން ކަމަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.