އައި ފޯ އިންޑިއާ ކޮންސެޓުން 52 ކްރޯޑް އިންޑިއަން ރުޕީސް އެއްކޮށްފި

އައި ފޯ އިންޑިއާ ކޮންސެޓުން  52 ކުރޯޑު އިންޑިއަން ރުޕީސް އެއްކޮށްފިއެވެ. މިކަމާއި ގުޅިގެން ކަރަން ޖޯހަރުގެ އިތުރުން އެހެނިހެން ބޮލީވުޑް ފަންނާނުން ވަނީ މި ޝޯބަލައި އަދި މިޝޯއަށް ޑޮނޭޓްކުރި ކަމަށްޓަކައި އެމީހުންގެ ފޭނުންނަށް ޝުކުރުއަދާކޮށްފައެވެ. ކަރަން ޖޯހަރާއި ޒޯޔާ އަޚްތަރު އިންތިޒާމް ކޮށްގެން އާދިއްތަ ދުވަހު ބޭއްވި މި ޝޯއިން އެއްކުރި ރުޕީސްެގެ އަދަދު ކަރަން ވަނީ ޓުވީޓުކޮށްފައެވެ.  

ކަރަން ބުނި ގޮތުގައި މި ކޮނާސެޓު ބެލިމީހުންގެ ފަރާތުން 4.3 އިންޑިއަން ކްރޯ ރުޕީސް އަދި ބްރޭންޑްތަކާއި ހެޔޮއެދޭ ފަރާތްތަކުންގެ ފަރާތުން 47.77 ކްރޯ އިންޑިއަން ރުޕީސް ލިބިފައިވެއެވެ. ކަރަންގެ ޓްވީޓްގައި ބުނެފައިވާ ގޮތުގައި އައިފޯއިންޑިއާ އަކީ މިހާތަނަށް ދުނިޔެއަށް ވަގުތުން ގެނެސްދިން ފަންޑްރެއިޒަރ ތަކުގެ ތެރެއިން އެންމެ ބޮޑު ފަންޑްރެއިޒަރއެވެ.

ފޭސްބުކް މެދުވެރިކޮށް މުޅި ދުނިޔެއަށް ވަގުތުން ދައްކަމުން ދިޔަ މި ކޮންސެެޓުގައި ބޮލީވުޑްގެ އިތުރަށް ހޮލީވުޑްގެ މަޝްހޫރު ފަންނާނުން ބައިވެރިވިއެވެ. މިކޮންސެޓުގައި ބައިވެރިވި 85 ތަރިންގެ ތެރޭގައި އަމީތާބް ބައްޗަން، އަކްޝޭ ކުމާރު، ޝާހްރުކް ޚާން، އާމިރު ޚާން، އަޔުޝްމަން ކުރާނާ، ރިތިކް ރޯޝަން، ރަންވީރް ސިންޙް، ޓައިގާރ ޝްރޮފް، ވިކީ ކޮޝާލް، ވިދްޔާ ބާލަން، ކެޓްރީނާ ކައިފް، ރާނީ މުކަރްޖީ، އަރްޖުން ކަޕޫރް އަދި ދިލްޖިތު ދޯސަންޖް ހިމެނެއެވެ. ވާރޗުއަލްކޮށް ބޭއްވި މި ކޮންސެޓުގެ ބޭނުމަކީ ނޮވެލް ކޮރޯނާގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމެވެ.

މިޝޯގައި ބައިވެރިވި އެހެނިހެން ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސް، އަނުޝްކާ ޝަރްމާ އާއި ވިރާތް ކޯލީ، ކަރީނާ ކަޕޫރް ޚާން އާއި ސައިފް އަލީ ޚާން އަދި އައިޝްވާރިޔާ ރާއީ އާއި އަބީޝޭކް ބައްޗަން ހިމެނެއެވެ. މިޝޯގައި ބައިވެރިވި ބައިނަލްއަޤްވާމީ ތަރިންގެ ތެރޭގައި ޖެކް ބްލެކް. ވިލް ސްމިތް، ރަސެލް ޕީޓާރސް، މިކް ޖެގާރ، ޖޯއި ޖޯނާސް އާއި ސޯފީ ޓާރނާރ ހިމެނެއެވެ. މިކޮންސެޓުގައި އަމީތާބް ބައްޗަންވަނީ  މަޝްހޫރު ފިލްމީތަރި އަދި އޭނާގެ ގާތް އެކުވެރިޔާ ރިޝީ ކަޕޫރަށް ޓްރިބިއުޓެއް ދީފައެވެ. މިޝޯގައި ރިތިކް ރޯޝަން އާއި ޝާހްރުކް ޚާން ލަވަ ހުށަހަޅައިދިނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.