ޕްރިންސް ހެރީ އާއި މެގަން އަށް ޕްރިޔަންކާ ނިކް ޖޮނަސް ތައާރަފްކޮށްދީފި

ގްލޯބަލް ތަރި ޕްރިޔަންކާ އޭނާގެ އެކުވެރިޔާ މެގަން މާކެލް އަދި ފިރިކަލުން ޕްރިންސް ހެރީ އަށް ލޯބިވެރިޔާ ނިކް ޖޮނަސް ތައާރަފް ކޮށްދީފިކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ. ޚަބަރުތައް ބުނާ ގޮތުން ޑިއުކް އަދި ޑަޗެސް އޮފް ސަސެކްސްގެ ގެކޮޅަށް ޕްރިޔަންކާ އާއި ނިކް ޒިޔާރަތް ކުރީ މިދިޔަ ހަފްތާގައެވެ.

ނިކް ޖޮނަސް ޕްރިޔަންކާ އަށް ޕްރޮޕޯޒް ކޮށްފައިވަނީ ވެސް މިދިޔަ ހަފްތާގައެވެ. ޕްރިޔަންކާ އާއި މެގަން އަކީ ވަރަށް ގާތް ދެ ރަހްމަތްތެރީންނެވެ. އެކިފަހަރު މަތީން އެކުގައި ވަރަށް ގިނަ ވަގުތުވެސް ހޭދަކޮށްފައިވާ ދެ އެކުވެރީންނެވެ.

ޕްރިޔަންކާ އާއި ނިކް ޖޮނަސް އެންގޭޖްވި ޚަބަރު ފުރަތަމަ ރިޕޯޓުކުރީ އެމެރިކާގެ މީޑިއާއިންނެވެ. އެއާއެކު ބޮލީވުޑްގެ ޑައިރެކްޓަރު އަލީ ޒަފަރް ވަނީ ޕްރިޔަންކާ ސަލްމާން ޚާން އާއެކު ކުޅެން ހަމަޖެހިފައި އޮތް ފިލްމުން ވަކިވި ވާހަކަ ޓުވީޓުކޮށްފައެވެ. މިއިން އެއްވެސް ޚަބަރަކަށް ޕްރިޔަންކާ ކޮމެންޓުކޮށްފައިނުވާ އިރު ބެލެވޭ ގޮތުގައި އޭނާ ފިލްމ "ބާރާތް" އިން ވަކިވީ ކައިވެންޏަށް ތައްޔާރުވުމަށެވެ.

އުމުރުން 25 އަހަރުގެ ޕްރިޔަންކާ އާއި 36 އަހަރުގެ ޕްރިޔަންކާ ލޯބީގެ ގޮތުން ގުޅުނުތާ އަދިވީ ދެމަހެއްހައި ދުވަހެވެ. މިދެމަސް ދުވަހުގެ ތެރޭގައި އެކުގައި ޗުއްޓީ ހޭދަކޮށް އެކި ގައުމުތަކަށް ދަތުރުކޮށްފައިވެއެވެ. މި މަހުގެ ކުރީކޮޅު މުމްބާިއ އަށް އައިސް ޕްރިޔަންކާ ވަނީ އޭނާގެ މަންމަ އާއި އާއިލާ އަށް ނިކް ތައާރަފްކޮށްދީފައެވެ. މިއީ މީޑިއާގެ ސަމާލުކަން ވަރށް ބޮޑަށް ލިބޭނެ ކައިވެންޏަކަށް ވާއިރު ކަވެނީގެ އެއްވެސް ތަފްސީލެއް އަދި ނޭނގެއެވެ. ޕްރިޔަންކާ މިހާރު އުޅެނީ އޭނާގެ ބޮލީވުޑް ޕްރޮޖެކްޓް 'ދަ ސްކައި އިޒް ޕިންކް' ގެ ޝޫޓިންގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.