ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރަށާއި ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޔާމީން މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނޮޅިވަރަންފަރަށް ވަޑައިގެން އެރަށު ބަނދަރު އިފްތިތާހު ކޮށްދެއްވިއެވެ. އަދި ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށު މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ވަނީ ވަރަށްފަހުން ކޮޅުމަޑުލާއި ހުވަދުއަތޮޅުގެ ބައެއް ރަށްރަށްވެސް ވަޑައިގެންފައެވެ.