'ލައިލާ މަޖްނޫ' ލިޔަންފެށީ ފޫހިފިލުވަން: އިމްތިއާޒް އަލީ

ސޫފީންގެ މެދުގައި ހިނގާފައިވާ ލޯބީގެ ހާދިސާތައް އަޑުއިވި 'ލައިލާ 'މަޖްނޫ' ލިޔަންފެށީ ފޫހިފިލުވަން ކަމަށް އިމްތިއާޒް އަލީ ބުނެފިއެވެ. މީގެ 10 އަހަރު ކުރީން އޭނާ ފެށި މަސައްކަތް ނިމި އާއްމުންނަށް އެވާހަކަ ކިޔައިދޭން އޭނާ މިހާރު ތައްޔާރުވެއްޖެއެވެ.

'ލައިލާ މަޖްނޫ' ގެ ޓްރެއިލަރ އާއްމުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން އިމްތިއާޒު ބުނީ އޭނާ އެވާހަކަ ލިޔަންފެށީ މީގެ 10 އަހަރު ކުރިން ކަމަށެވެ. އެއީ އޭނާގެ ފިލްމް 'ރޮކްސްޓަރ' އަށް ވުރެ ކުރީން އޭނާ ފެށީ މަސައްކަތަކެވެ. ސޫފީންގެ މެދުގައި ހިނގާފައިވާ ލޯބީގެ ހާދިސާތަކުގެ ތެރެއިން އޭނާއަށް އެންމެ ގަޔާވި ވާހަކަ އަކީ 'ލައިލާ މަޖްނޫ' އެވެ. ދުވާލު މަސައްކަތުގައި އުޅުމަށްފަހު އޭނާ މިވާހަކައިގެ މަސައްކަތް ކުރީ ރޭގަނޑު އެވެ. މި މަސައްކަތަކީ އޭނާ ފޫހިފިލުވަން ފެށީ މަސައްކަތެކެވެ. އަޑު އިވޭ ވާހަކަތަކާއި މެދު ވިސްނައި އެވާހަކަތައް ބޮަޑަށް އޭނާއަށް ދޭހަވަނީ މަންޒަަރު ސިފަވާގޮތަސް ލިޔުމުން ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ މަސަައްކަތް ފެށިތާ 10 އަހަރު ފަހުން މިހާރު ފިލްމް ނިމި އަންނަ ސެޕްޓެންބަރު މަހުގެ 7ވަނަ ދުވަހު ސިނަމާގަިއ އަޅުވާނެއެވެ. 'ލައިލާ މަޖްނޫ' ޑައިރެކްތް ކޮށްފައިވަނީ އިމްތިއާޒްގެ ބޭބެ ސާޖިދް އަލީ އެވެ. ސާޖިދް އަކީ މަޝްހޫރު ލޯބީގެ ފިލްމް 'ލޭކަރް ހަމް ދީވާނާ ދިލް' ގެ ޑައިރެކްޓަރެވެ. މި ފިލްމަކީ އަވީނާޝް ތިވާރީ އާއި ޓްރިޕަތީ ދިމްރީ ބޮލީވުޑަށް ތައާރަފް ކުރާ ފިލްމެވެ.

ލައިލާ މަޖްނޫގެ ޓްރެއިލަރ: 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.