ޖާންވީ ކަޕޫރް އާއި އިޝާން ޚައްތަރުގެ ފުރަތަމަ ބޮލީވުޑް ފިލްމަށް ފުރަތަމަ ދުވަހު 8.71 ކުރޯޑް ރުޕީސް ހޯދައިފިއެވެ. މިއީ ބޮކްސް އޮފީހުގެ ތާރީޚުގައި އަލަށް ބޮލީވުޑަށް ނިކުންނަ ތަރީންގެ ފިލްމަކަށް މިހާބޮޑު ކާމިޔާބެއް ލިބުނު ފުރަތަމަ ފިލްމެވެ. 8.71 ކުރޯޑަކީ ހަމައެކަނި އިންޑިއާގެ ޓިކެޓް ކައުންޓަރުތަކުން ފުރަތަމަ ދުވަހު ފިލްމަށް ލިބުނު ފައިސާއެވެ.
'ދަޅަކް' އަކީ ޖާންވީގެ ފުރަތަމަ ފިލްމެވެ. އަދި އޭނާ ލީޑް ރޯލުކުޅުނު ފުރަތަމ ފިލްމުވެސް މެއެވެ. މިއީ އިޝާން ޚައްތަރުގެ ވެސް ފުރަތަމަ ބޮލީވުޑް ފިލްމެވެ. އޭނާ މީގެ ކުރީން ކުޅުނީ އިރާނުގެ ޑައިރެކްޓަރު މާޖިދް މަޖީދީގެ 'ބިޔޯންޑް ދަ ކްލައުޑްސް' އެވެ.
ޖާންވީ އާއި އިޝާން ގެ ފިލްމު އާތަރީންގެ އެންމެ ކާމިޔާބު ފިލްމުގެ ލިސްޓަށް އެރީ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލޯތްރާ ގެ 'ސްޓޫޑަންޓް އޮފް ދަ ޔިއަރ' ފަހަތަށް ޖައްސާލާފައެވެ. އެ ފިލްމު މިހާރު އޮތީ ދެވަނަިއގައެވެ. ތިންވަނައިގައި އޮތީ ސޫރަޖް ޕަންޗޯލީ އާއި އަތިޔާ ޝެޓީގެ 'ހީރޯ' އެވެ.
'ދަޅަކް' މިހާރު އޮތީ މިއަހަރު ފުރަތަމަ ދުވަހު އެންމެ ބޮޑު ކާމިޔާބީ އެއް ލިބުނު 8ވަނަ ފިލްމުގެ ގޮތުގައެވެ.