ފިލްމު 'މެންޓޯ' ގައި ނަވާޒުއްދީން ސިއްދީގީ މެންޓޯގެ ކެރެކްޓަރގެ ތެރެއަށް ވަރަށް ފުރިހަމައަށް ވަދެފައިވާ ކަމަށް ޑައިރެކްޓަރު ނަންދިތާ ދާސް ބުނެފިއެވެ.
'މެންޓޯ' އަކީ އުރުދޫ ލިޔުންތެރިޔާ ސާދާތު ހަސަން މެންޓޯގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އައިއޭއެން އަށް ދިން ބަޔާނެއްގައި ނަންދިތަ ބުނެފައިވަނި 'މެންޓޯ' ލިޔަމުންދިޔައީ ވިސްނުމުގައި ނަވާޒުއްދީން ބަހައްޓައިގެންނެވެ. މެންޓޯގެ ކިބައިން ފެންނަ ވަރަށް ގިނަ ސިފަތައް ނަވާޒުއްދީންގެ ކިބައިގައި ހުންނަކަމަށް ނަންދިތާ ބުނެފައިވެއެވެ. ރުޅިވެރިކަމާއި، ހެއްވާ އަދި ފަރުވާތެރިކަމާއި ވިސްނުންތެރިކަން ފަދަ ސިފަތަކުގެ ސަބަބުން ސްކްރީންގައި މެންޓޯގެ ރޯލު ކުޅުމަށް އޭނާ މާބޮޑު ހިއްވަރެއް ލާންނުޖެހޭ ކަމަށް ނަންދިތާގެ ބަޔާނުގައި ބުނެފައިވެއެވ.
ލިޔުންތެރިޔާ މެންޓޯ އަކީ ވަރަށް ކޮމްޕްލެކްސް ކެރެކްޓަރ އަކަށް ވުމުން އޭނާ ބޭނުންވީ އެރޯލު ކުޅެވޭނެ ގާބިލުކަން ހުރި ތޫނުފިލި އެކްޓަރެކެވެ. އިންޑިއާ އާއި ޕާކިސްތާނާއި މެދު ނުތަނަވަސްކަން އުފެދިގެން އައި ދުވަސްވަރު މެންޓޯވަނީ އެވަހަކަތައް ލިޔެފައެވެ. 'މެންޓޯ' ބޮަޑަށް ފޯކަސް ކުރަނީ މެންޓޮގެ އެދުވަސްވަރަށެވެ. ފިލްމުގަިއ މެންޓޯގެ އަންހެނުންގެ ބައި ކުޅޭނީ ރަސިކާ ދުގާލް އެވެ. އޭގެ އިތުރުން ރިޝީ ކަޕޫރް އާއި ތާހިރް ރާޖް ބާސިން އަދި ދިވްޔާ ދައްތާ މުހިއްމު ބައިތަކެއް ކުޅޭނެއެވެ.
ނަވާޒުއްދީން އަކީ އަބަދުވެސް ތަފާތު ރޯލުތައް ކުޅެމުން އަންނަ ތަރިއެކެވެ. 'ސެކަރޑް ގޭމްސް' އިން އޭނާ އަށް އާދަޔާ ޚިލާފަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ތަނީޝާ ޗެތެރްޖީ ޑައިރެކްޓް ކުރާ "ރޯމް ރޯމް މޭން' ގައެވެ.