އެޗުއާރުއެޗުގައި އެކްސްރޭގެ ޚިދުމަތް އަލުން ފަށަނީ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ދެމުންއައި އެކްސްރޭގެ ޚިދުމަތް ދުވަސް ކޮޅަކަށް މެދުކެނޑުމަށްފަހު އަލުން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އެކްސްރޭ މެޝިނަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި ބޭރުން ގެނައި ސްޕެއާތައް ލައްވައި މިހާރު ގެންދަނީ މެޝިން ޓެސްޓް ކުރަމުން ކަމަށެވެ. "ފަހަރެއްގައި މިރޭވެސް ޚިދުމަތް ދޭން ފެށިދާނެ. މާދަން ވެސް ފެށިދާނެ. ޚިދުމަތް ދެވެން ފެށޭނެ ދުވަހާއި ވަގުތު ކަށަވަރުވާނީ ޓެސްތައް ނިމުމުން،" ނަޖީބު ވިދާޅުވިއެވެ.

އެޗުއާރުއެޗުން އެކްސްރޭގެ ޚިދުމަތް މެދުކެނޑިފައިވަނީ ޖޫންމަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. އެ ޚިދުމަތް މެދުކެނޑުމުން ފަރުވާ ހޯދަން އެތަނަށްދާ މީހުންނަށް ވަރަށް ބޮޑަށް ދަތިވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސްރޭ މެޝިން މަރާމާތު ކުރުމަށްފަހު އަލުން ޚިދުމަތް ފަށަންވާއިރަށް އެކްސްރޭ ނެގުމަށް ބައެއް މީހުން މިހާރުވެސް ވަނީ ނަންނޯޓު ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.