އިންޑިއާގެ ފަސްގަނޑުގައި ޕާކިސްތާން ދިދަ ނެގުމުން ސަލްމާންގެ މައްސަލަ ފުލުހަށް

ފިލްމް 'ބާރާތް' ގެ މަންޒަރެއްގައި ސަލްމާން ޚާން ޕާކިސްތާންގެ ދިދައެއް ނެގުމުން އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ. ސަލްމާން ޕާކިސްތާން ދިދަ ނަގާ މަންޒަރު ނަގާފައިވަނީ އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ ޕަންޖާބުގައެވެ. އިންޑިއާގެ ފަސްގަނޑުގައި ޕަންޖާބުގެ ދިދަ ނެގުންވީ އިންޑީއާ މީހުންނަށް ބަލައިގަންނަން އުނދަގޫ ކަމަކަށެވެ. މި މަންޒަރު ޝޫޓްކޮށް ސަލްމާން ވަނީ ޕަންޖާބުގެ ރައްޔިތުން ރުޅި އަރުވައިފައެވެ. އެހެންކަމުން އޭނާ އާއި ދެކޮޅަށް އެ ސްޓޭޓުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

އައިބީޓީ ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ ފަސްގަނޑުގައި ޕާކިސްތާނުގެ ދިދަ އެއް ނެގުނު ގޮތަކާއި މެދު އެ ސްޓޭޓުގެ މީހުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މީގެ ކުރީންވެސް އިންޑިއާ އާއި ޕާކިސްތާން ކްރޮކެތް މެޗުތައް ކުޅޭއިރު ކަޝްމީރާއި މުމްބާއީގައި ޕާކިސްތާންގެ ދިދަ ނެގުމުންވެސް ހަމަނުޖެހުން ވަނީ އުފެދިފައެވެ.

ޕަންޖާބުގެ މުއައްސަސާ ތަކުން ސަލްމާން އާއި ދެކޮޅަށް ޝަކުވާ ހުށަހެހެޅި އިރު މަންޒަރު ނެގި ސަރަހައްދާއި އަދި ސަލްމާން ހުންނަ ހޮޓަލާ ދެކޮޅަށްވެސް ވަނީ ޝަކުވާ ހުށަހަޅާފައެވެ.

ބާރާތް ގެ މަންޒަރު ނަގަން ހަމަޖެހިފައި އޮތީ ވާގާ ބޯޑަރުގައި ކަމަށް ވީ ނަމަވެސް ސަލާމަތީ ސަބަބުތަކަށް ޓަކައި އެސަރަހައްދުގައި ޝޫޓް ކުރުމުގެ ހުއްދަ ލިބިފައި ނުވެއެވެ. އެހެންކަމުން ޝުޓް ކުރަމުންދަނީ ސެޓެއް ކްރިއޭޓް ކޮށްގެންނެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.