އިންޑިއާ އަކީ އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަން މަސައްކަތް ކުރަންޖެހޭ: ޖޯން އަބްރަހަމް

ގައުމިއްޔަތާއި ގުޅުންހުރި ފިލްމުތައް ކުޅެމުން އަންނަ ބޮލިވުޑްގެ ތަރި ޕްރޮޑިއަސަރ-އެކްޓަރު ޖޯން އަބްރަހަމް ދެކޭ ގޮތުގައި ދުނިޔެއަކީ ދިރިއުޅެން ނުރައްކާތެރި ތަނަކަށް ވެއްެޖެއެވެ. އޭނާގެ ފިލްމް 'ސަތްޔަމޭވޭ ޖަޔަތޭ' ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ބުރާސްފަތި ދުވަހު ޖޯން އަބްރަހަމް ބުނެފައިވަނީ ދުނިޔެ މިވަނީ މިހާރު ވަރަށް ނުރައްކާތެރި ރަނަކަށް ވެފައެވެ. ކަމެއް ގޮސްކޮސް ވާއިރަށް ވަކި ގުރޫޕެއްގެ ބޮލުގައި އިލްޒާމް އެޅުވުމާއި ހައްދުފަހަނައަާލއި ދިއުން މިވަނީ އާއްމުވެފައެވެ. މީގެ ނަތީޖާ އަކީ މީހުންގެ ހިތްތަކުގައި ބިރު އުފެދުމެވެ.

'ސަތްޔަމޭވަ ޖަޔަތޭ' އަކީ މުޖްތަމައުގައި ހިންގަމުން އަންނަ ކޮރަޕްޝަނާއި ފަސާދައިެގ ވާހަކައަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލަރ އިން ކޮރަޕްޝަނާއި ދީނާއި ގުޅޭގޮތުން ޖޯން އަބްރަހަމަގެ ވަރުގަދަ ޑައިލޮގްތައް ފެނެއެވެ. ދިނުގެ ނަމުގައި މީހުން މެރުމާއި އެފަދަ އެހެން ހަދިސާތަކުގެ ވާހަކަ އާއި ގުޅޭ ގޮތުން ނޫސްވެރީން ސުވާލުކުރުމުން ޖޯން އަބްރަހަމްގެ ކޯސްޓަރ މަނޯޖް ބަޖްޕާއީ ބުނީ ދީނަކީ ޖޯކެއް ކަމަށް ދެކެނެް މީހުން ފަށައިފިއެވެ. ދީންތަކަށް ޖޯކު ޖެހުމުގެ ބަދަލުގައި ދީންތަކަށް ރައްކާތެރިކޮށް އިހްތިރާމް ކުރަންޖެހޭނެއެވެ.

މި އިވެންޓުގައި ޖޯން އަބްރަހަމް ވަނީ އަންހެނުންނަށް އިންޑިއާގައި އޮތް ރައްކާތެރި ކަމާމެދު އޭނާގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނީ އިންޑިއާއަށް ނިސްބަތް ނުވާ މީހަކު އިންޑިއާ އަކީ އަނެހުންނަށް ރައްކާތެރި ތަނެއް ނޫންކަމަށް ބުނުމުން އެކަމާ އިނިއާ މީޙުން ނުރުހެއެވެ. އެވާހަކަ އަޑުއަހަން އޭނާއަށް ވެސް ފަސޭހައެއް ނޫނެވެ. ނަމަވެސް ހަގީގަތަކީ އެއީ ކަމަށް އޭނާ ބުންޏެވެ. އަދި އިންޑިއާ އަކީ އަންހެނުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާ އެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.