އެންމެ މުއްސަނދި އިނގިރޭސި ތަރި އަކީ އަދިވެސް އެޑެލް

މަސައްކަތުން ބްރޭކެއް ނަގައިގެން ހުރި ނަމަވެސް އެންމެ މުއްސަނދި ޒުވާން ތަރީގެ މަގާމު އެޑެލް ދަމަހައްޓައިފިއެވެ. ހީޓް މެގަޒިންގެ އަހަރީ ގައިޑުގައި ޝާއިޢުކޮށްފައިވާ އުމުރުން 30 އަހަރާއި 30 އަހަރުން ދަށުގެ މުއްސަނދީންގެ ތެރެއިން އެޑެލްގެ މިލްކިޔާތުވަނީ 15 މިލިއަން ޕައުންްޑް އިތުރުވެފައެވެ. އެެއާއެކު އޭނާގެ މިލްކިއްޔާތުގެ ޖުމްލަ 147.5 މިލިއަން ޕައުންޑަށް އަަރާނެ ކަމަށް އެމަޖައްލާގައި ހާމަކޮށްފައިވެއެވެ.

މި ލިސްޓުގެ ދެވަނައިގައު އުޅެނީ ލަވަކިޔުންތެރިޔާ އެޑް ޝީރަން އެވެ. އެނާގެ މިލްކިއްޔާތުގައި 94 މިލިއަން ޕައުންޑް އެބަހުއްޓެވެ.

އެޑެލް ވަނީ 2017ވަނަ އަހަރު ނިންމާލި ވޯލްޑް ޓުއަރ އިން އެތައް މިިއަން ޑޮަލަރެއް ލިބިފައިވެއެވެ. އަދި ހަަމަ އެހަރު ވިޔާފާރިން އޭނާއަށް 9 މިލިއަން ޑޮލަރު ލިބުނެވެ. މިދިޔަ އަހަރު ޝާއިޢުކޮށްފައިވާ ރޭންކިންގ އަށް ބަލާއިރު އޭނާގެ މިލްކިއްޔާތުގައި 132 މިލިއަން ޕައުންޑް ހުއްޓެވެ.

އެޑެލް ވަނީ މިދިޔަ އަހަރު އޭނގެ ވޯކަލް ކޯޑަށް ދިމާވި މައްސަލައަކާއި ގުޅިގެން ލަވަކިޔުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. ވޯކަލް ކޯޑަށް މައްސަލަ ދިމާވީ އިރު ދެ ޝޯއެއްގެ ޓިކެޓް ވިކިފައިވީ ނަމަވެސް އެ ޝޯތައް ކެންސަލް ކުރަންޖެހުނެެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ދަރިފުޅު ބަލަން އޭނާ 10 އަހަރުގެ ބްރޭކެއްވެސް ނަގައިފާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.