ނަރްގިސް ދަތު އާއި މަނީޝާ ކޮއިރާލާ ވައްތަރުބާ؟

ސަންޖޭދަތުގެ ބަޔޯޕިކް އަކީ ގިނަބަޔަކު އެފިލްމަށް އިނތިޒާރު ކުރަމުން އަންނަ ފިލްމކެވެ. ފިލްމުގައި ސަންޖޭ ދަތުގެ ބައި ކުޅުނީ ރަންބީރް ކަޕޫރް އެވެ. ސަންޖޭދަތުގެ ކެރެކްޓަރ ރަންބީރް ވަރަށް ރަނގަޅަށް ކުޅެފައިވާ ކަން ފިލްމުގެ ޓްރެއިލަރ އިން ފާހަގަކުރެވެއެވެ. އަދި ފިލްމުގެ ގިނަ މަންޒަރު ތަކުގައި އެއީ ސަންޖޭދަތު ނޫން ކަން ނޭނގޭހާ މޮޅަށް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

ފިލްމުގައި އޭނާގެ ބައްޕަގެ ރޯލުން ފެންނަ ޕަރޭޝް ރަވާލް ވަނީ ސުނިލްދަތުގެ ރޯލުވެސް އެހާ މޮޅަށް ކުޅެފައެވެ. ސަންޖޭދަތުގެ މަންމަ ނަރްގިސް ދަތުގެ ބައި ކުޅެފައިވަނީ މަނީޝާ ކޮއިރާލާ އެވެ. މަނީޝާ ވަނީ ނަރްގިސްދަތުގެ ކެރެކްޓަރ އަށް އޭނާ ތައްޔާރު ވަމުން އައިގޮތުގެ ތަފްސީލު އިންސްޓެގްރާުމުގައި ހިއްސާކޮށްފައެވެ. ފޮޓޯތަކެއް ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ ނަރގިސް ގެ ރޯލަށް ތައްޔާރުވުމަށްޓަކައި ފޮތް ފޮތުންނާއި ފޮޓޯ އާއި ޑޮކިއުމެންޓްރީ ބަލައިފައިވެއެވެ. އަދި ތަފާތު ހެއަރ ސްޓައިލް ވެސް ޓްރައި ކުރި ކަމަށް އޭނާ ބުނެފައިވެއެވެ.   

View this post on Instagram

https://t.co/xKgz3zs1he?ssr=true

A post shared by Manisha Koirala (@m_koirala) on

ތާބޫވެސް ވަނީ އިންސްޓެގްރާމުގައި ސަންޖޫގެ މަންޒަރެއް ހިއްސާކޮށްފައެވެ. އެއީ 2004ވަނަ އަހަރު ފިލްމުއަރ އެވޯޑްސްގައި އޭނާ ސަންޖޭތަށް އެންމެ މޮޅު އެކްޓަރުގެ އިނާމް ދިން މަންޒަރެވެ. 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.