ބޮލީވުޑްގެ މަޤްބޫލު ޗާޓުތަކުން ސާރާ ޖާގަ ހޯދަނީ

ސާރާ ޢަލީ ޚާންގެ ފުރަތަމަ ފިލްމު 'ކެދަރްނާތް' އޮކްޓޯބަރު މަހު ސިނަމާ ގައި އެޅުވިތާ ދުވަސްކޮޅެއް ފަހުން އޭނާގެ ދެވަނަ ފިލްމު 'ސިމްބާ' ބެލުންތެރިންނަށް ފެނުނެވެ. ސިމްބާ ވަނީ ބްލޮކްބަސްޓަރ ޗާޓުން ޖާގަ ހޯދާފައެވެ.

ސާރާގެ ފިލްމުތަކުގެ ޕްރޮމޯޝަން މަސައްކަތް ފެށުމާއެކު އޭނާ އަށް މީޑިއާގެ ތަފާތު ޕްލެޓްފޯމުތަކުން ފުރުޞަތު ލިބެން ފެށިއެވެ. މި އިންޓަވިއު ތަކުގައި ސާރާ ދަނީ އޭނާ އަކީ ކުޅަދާނަ އަދި ތޫނުފިލި ތަރިއެއްކަން ސާބިތު ކޮށްދެމުންނެވެ. ސާރާ ހަމަ އެކަނި ތޫނުފިލިވެފައި މޮޅީ އެއް ނޫނެވެ. އޭނާ އަކީ ހިތްތިރި އަދި ސަކަ މިޒާޖެއްގެ ވެސް ތަރިއެކެވެ.

ހޯމަ ދުވަހު މުމްބާއީ ފުލުހުންގެ ޝަރަފުގައި ބޭއްވީ ރަސްމިއްޔާތެއްގައި ވެސް ސާރާ ވަނީ ޝާހް ރުކް ޚާން އާއި ރަންބީރް އަދި ކަޓްރީނާ ފަދަ ކުޅަދާނަ ތަރީންނާއެކު އޭނާގެ ފުރަތަމަ ސްޓޭޖް ޕާފޯމަންސް ދީފައެވެ. ސާރާގެ ހުށަހެޅުން މުމްބާއީ ފުލުހުންގެ ޓުވިޓަރ ހޭންޑްލް އިން ވަނީ ޝެއަރ ކޮށްފައެވެ.

ސާރާ އަކީ ވަނީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބިއާ އިން ހިސްޓްރީ އެންޑް ޕޮލިޓިކަލް ސައެންސުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައެވެ. އޭނާ އެންމެ ފުރަތަމަ ކިޔަވަން ބޭނުންވީ މެޑިސިން އެވެ. ދެން ބޭނުންވީ ޤާނޫނީ ވަކީލަކަށް ވާން ކަމަށް ރަޖީވް މަސާންދް ގެ އިންޓަރިވިއު އެއްގައި ސާރާ ބުންޏެވެ. 'ފޭމަސްލީ ފިލްމްފެއަރ' އަށް ދިން އިންޓަރވިއެއްގައި ސާރާ ބުނީ މިހާރުވެސް އޭނާ ވަރަށް ގިނައިން ފޮތް ކިޔާ ކަމަށެވެ.  ނަތީޖާއެއްގެ ގޮތުން ސްކޫލްގައި ވެސް އަދި ޔުނިވަރިސޓީގައި ވެސް ކިޔެވި ހުރިހާ މާއްދާ އެއްގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވުނު ކަމުގައި ސާރާ ބުންޏެވެ. އަދި މިހާރުވެސް ތާރީޚަށް ވަރަށް ބޮޑަށް ޝައުޤު ހުންނަ ކަމަށް ސާރާ ބުންޏެވެ.

އެއް އިންޓަވިއު އެއްގައި ސާރާ ބުނިގޮތުގައި އޭނާ ވަނީ ތިއޭޓަރ ވެސް ކިޔަވާފައެވެ. އަދި އޭނާގެ ދާއިރާ އަކީ ފިލްމީ ދާއިރާކަން އޭނާ އަށް ޔަގީންވީ ތިއޭޓަރ ކިޔަވަން ފެށުމުން ކަމަށް ސާރާ ބުންޏެވެ.

ސާރާ އަށް ބެލުންތެރިންގެ ލޯބި ލިބުނީ އޭނާ އަކީ ސައިފް ޢަލީ ޚާންގެ ދަރިއަކަށް ވީމައެއް ނޫނެވެ. ނަމަވެސް އިންޓަވިއުތަކުގައި އޭނާއާ ކުރެވޭ ސުވާލުތަކަށް ދޭ ތޫނުފިލި ޖަވާބުންނެވެ. އަދި ފިލްމު ޕްރޮމޯޝަން ޝޯ ތަކުގައި ވެސް ކުރިމަތިކުރުވާ ޗެލެންޖްތައް ނަގާތީއެވެ. ކޮންމެ ކަމަކަށް ޗެލެންޖް ކުރިއަސް ނުވަތަ އެހެން ކަމެއް ކުރަން ބުންޏަސް އޭނާ ފަސް ޖެހުމެއް ނެތި އެކަމެއް ކުރެއެވެ. އަދި އޯޑިއެންސާއި ވަރަށް އަވަހަށް ގާތްކަމެއް އުފައްދައެވެ.

ސާރާ އަކީ ޕަޕަރާޒީންނާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރިއެކެވެ.  ފުރަތަމަ ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ކުރިއިރު ސާރާ ވަނީ ޕަޕަރާޒީންނަށް ކޮފީ އަކަށް ދައުވަތު ދީފައެވެ. އޭނާ އަކީ ނިކަމެތިންނާ ވެސް ވަރަށް ބޮޑަށް އަޅާލާ ތަރިއެއްގެ ގޮތުގައެވެ. އާއްމުކޮށް އެފަދަ މީހުންނަށް ހަދިޔާ ދީ އުޅެއެވެ. އެމަންޒަރު ފޮޓޯ ނެގުމުން ބައެއްފަހަރު އެކަމާ ނުރުހުން ފާޅުކުރެއެވެ.

ބޮލީވުޑް ކްރިޓިކުން ދެކޭ ގޮތުގައި ސާރާ އަކީ މުނިފޫހި ފިލުވުމުގެ ދާއިރާއަށް ބަލާއިރު ޕެކޭޖެކެވެ. ހުނަރުވެރި މޮޅު ތަރިއެކެވެ. އޭނާގެ ކުރިމަގު ވަރަށް އުޖާލާ ކަމަށް އެމީހުން ދެކެއެވެ. ސާރާގެ މަޤްބޫލުކަން އިތުރުވެ އޭނާ ދަނީ ބޮލީވުޑްގެ ޗާޓުަތަކުން ވެސް ޖާގަ ހޯދަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.