ސަލްމާން ޚާން 'ދަބަންގް 3' ގެ ޝޫޓިން ފަށައިފި

ސަލްމާން ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު 'ދަބަންްގް 3' ގެ ޝޫޓިން ފަށައިފިއެވެ. ފިލްމުގެ ޝޫޓިން އަށް ސަލްމާން އިންދޯރަށް އޭނާގެ ކޮއްކޮ އަދި ފިލްމުގެ ޕްރޮޑިއުސަރު އަރްބާޒް ޚާން އާއި ޑައިރެކްޓަރު ޕްރަބޫ ދޭވާ އާ އެކު އާދީއްތަ ދުވަހުގެ ރޭގައެވެ.

ސަލްމާންގެ އުފަން ރަށް އިންދޯރުގައި މިއަދު ފިލްމުގެ ޝޫޓިން ފަށާފައިވާ އިރު ސަލްމާން ވަނީ ފިލްމުގައި އޭނާގެ ސިގްނޭޗަރ އެވެޓަރ ފެންނަ ގޮތަށް ފިލްމު ސެޓުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފައެވެ. ފޮޓޯގައި ސަލްމާން ފުރަގަސްދީގެން ހުންނައިރު އޭނާގެ އަަވި އައިނު ގިރުއާނުގެ ތެެރެއަށް ޖަހާފައި ހުރެއެވެ. ޑައރެކްޓަރު ޕްރަބޫ ދޭވާ ހުންނަނީ ކެމެރާ އަަށް ކުރިމަތި ލައިގެންނެވެ.

ސޯޝަލްމީޑިއާގައި ފޮޓޯ ޝެއަރ ކުރުމާއެކު ފޮޓޯ ވަނީ ވައިރަލް ވެފައެވެ. ސަލްމާން ސިފައިންގެ މީހެއްގެ ރޯލު ކުޅޭތަން ބަލަން ކެތް މަދުވެފައި ގިނަ ބަޔަކު ތިބި ކަން ކޮމެންޓުތަކުން އެނގެއެވެ.

ފިލްމު ލީޑްރޯލު ކުޅޭ އަންހެން ތަރި އަކީ ސޮނާކްޝީ ސިންހާ އެވެ. އޭނާ ވެސް ވަރަށް އަވަހަށް ފިލްމުގެ ޝޫޓިންގައި ބައިވެރިވާނެއެވެ. 'ދަބަންގް 3' އަކީ 2010ވަނަ އަހަރު ރިލީޒްކުރި 'ދަބަންގް' ގެ ސީކުއަލް އެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.