ޕްރިޔަންކާ 'ދަ ސްކައި އިޒް ޕިންކް' އަށް ތައްޔާރުވާން ފަށައިފި

ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމ 'ދަ ސްކައި އިޒް ޕިންކް' އަށް ތައްޔާރުވާން ފަށައިފިއެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ 'މަގަރީޓާ ވިތް އަ ސްޓްރޯ' ގެ ޑައިރެކްތަރު ޝޮނާލީ ބޯޒް އެވެ. 'ދަ ސްކައި އިޒް ޕިންކް' އަކީ އުމުރން 13 އަހަރުގައި ޕަލްމޮނަރީ ފައިބްރޯސިސް އަށް ފަރުވާ ހޯދުމަށް ފަހު އާއިޝާ ޗޯދްރީ މޯޓިވޭޝަނަލް ސްޕީކަރަކަށް ވީ ގޮތުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ.

ކުރީން މިފިލްމުގެ ވާހަކަ ރިޕޯޓުކޮށްފައިވަނީ އެއީ އާއިޝާގެ ލިޔުނު ފޮތް 'މައި ލިޓްލް އެޕިފަނީސް' އާއި އޭނާގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ. ޕްރިޔަންކާ ކުޅެނީ އާއިޝާގެ މަންމަ ގެ ރޯލެވެ. އާއިޝާގެ ބައްޕަގެ ރޯލު ކުޅެނީ ފަރްހާން އަޚްތރަރު އެވެ. އަދި އާއިޝަގެ ބައި ކުޅޭނީ ޒާއިރާ ވަސީމް އެވެ.

'ދަ ސްކައި އިޒް ޕިންކް' އަށް ވަނީ ޓޭލިން އެންޑް ބަލްޓީކް އިވެންޓުގައި ސްކްރިޕްޓް ޕޫލް އެވޯޑް ލިބިފައެވެ.

އާއިޝާ ޗޯދްރި ޕަލްމޮނަރީ ފައިބްރޯސިސް އަށް ފަރުވާ ހޯދަމުން ދިޔައިރުވެސް އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ވަރަށް ކުޑައިރު އޭނާ ޓެޑް އެކްސް އާއި އިންކް ފަދަ ޕްލެޓްފޯމްތަކުގައި ވާހަކަދައްކަން ފަށައިފިއެވެ. ނަމަވެސް އޭނާގެ ވަނީ އުމުރުން 18 އަހަރުގައި މިދުނިޔެއަށް އަލްވަދާއު ކިޔާފައެވެ.

ޕްރިޔަންކާ ގެ ކުރިއަށް ހުރި އެހެން ފިލްމުތަކުގެ ތެރޭގައި އަލީ އައްބާސް ޒަފަރްގެ ފިލްމް ބާރާތް ހިމެނއެވެ. މިފިލްމުގެ މަސައްކަތް މިމަހު ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.