ސްވިޑްން ބަލިކޮށް 28 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންގްލަންޑް ސެމީ ފައިނަލަށް

ވޯލްޑްކަޕް 2018 ގައި ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު ކުޅުނު މެޗު

މެޗުގެ ފުރަތަމަ ހާފު ފެށިގެން ބާރަ ވަރަކަށް މިނިޓުގެ ތެރޭގައި ލަނޑެއް ޖަހާނެ ފުރުސަތު ލިބުނެވެ. އެހެންނަމަވެސް ކްލެއަސަން ޖެހި ބޯޅަ ދިޔައީ ގޯލުގެ މަތީން ބޭރަށެވެ. 18 ވަނަ މިނިޓުގައި އިންގްލަންޑަށް ލަނޑެއް ޖަހާނޭ ފުރުސަތު ލިބުނެވެ، ހަރީ ކޭން ފޮނުވައިލީ ބޯޅަ ދިޔައީ ގޯލުގެ އަރިމަތީން ބޭރަށެވެ.

އިންގްލަންޑްގެ ފުރަަތަމަ ލަނޑު ޖެހީ މެޗުގެ 29 ވަނަ މިނިޓުގައި މެގުވަޔަރއެވެ. ނެގި ކޯނަރެއް ބޮލުން ޖަހައި ގޯލަށް ވައްދައިލީއެވެ.

ފުރަތަމަ ހާފު ނިމެމުން ދަނިކޮށް 44 ވަނަަ މިނިޓުގައި އަނެއްކާވެސް އިންގްލަންޑަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަަމަަކު ލަނޑެއް ނުޖެހެއެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގެ ތެރޭގައި ސްވިޑްންއަށް ލަނޑެއް ޖަހާނޭ ފުރުސަތު ލިބުނެވެ. ބަރގް ބޮލުން ފނުވައިލީ ބޯޅައެއް ސަލާމަތް ކުރީ އިންގްލަންޑްގެ ކޯލްކީޕަރު ޕިކްފޯލްޑެވެ.

އިންގްލަންޑްގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 58 ވަނަ މިނިޓުގައި ޑެލީ އަލީއެވެ. މިއީވެސް ވަރަށް ރީތިކޮށް ބޮލުން ޖެހި ލަނޑެކެވެ.

61 ވަނަ މިނިޓުގައި ސްވިޑްންގެ ބާރގްއަށް ލިބުނު ފުރުސަތުވެސް ދދިފާޢު ކުރީ ގޯލްކީޕަރެވެ. ހާފު ފެށިގެން ކުޑަ އިރުކޮޅަކަށް ސްވިޑްން ތަންކޮޅެއް ރަނގަޅަށް ކުޅުނެވެ. އެހެންނަމަަވެސް އިންގްލަންޑްގެ ކުޅުން ފެނުނީ މާ ބޮޑަށްވެސް ރަނގަޅަށެވެ. މެޗުގެ ފުރިހަމަ ގަޑީގެ އެންމެ ފަހު މިނިޓުގައި އިންގްލަންޑްގެ ގޯލު އޭރިޔާގެ ވަރަށް ކައިރިން ސްވިޑްންއަށް ހިލޭ ޖެހުމެއް ލިބުނެވެ. އެހެންނަމަވެސް މި ހިލޭ ޖެހުންވެސް ދިޔައީ ގޯލުގެ މަތީން ބޭރަށެވެ.

މެޗު ނިމުނީ 2 ލަނޑު 0 ލަނޑުން ސްވިޑްން ބަލިކޮށް އިންގްލަންޑް ވޯލްޑްކަޕް 2018 ގެ ސެމީ ފައިނަލަށް ގޮސްގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.