މިވަގުތުގެ ތަފާސް ހިސާބަށް ބަލާއިރު ގޯލްޑަން ބޫޓު ލުކާކޫއަށް

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބެލްޖިއަމްގެ ލުކާކޫ ވޯލްޑްކަޕް 2018 ގައި ޖެހި ލަނޑުގެ ޢަދަދު އެއްވަރު ވެއްޖެއެވެ. ރޮނާލްޑޯ އޭނާގެ ފުރަތަމަ މެޗުގައި ވަނީ ތިން ލަނޑު ޖަހައި މުބާރާތުގެ ފުރަތަމަ ހެޓްޓްރިކް ހަދާފައެވެ. ދެވަނަ މެޗުގައި އޭނާ ޖެހީ 1 ލަނޑެވެ. އެހެންވީމާ ޖުމުލައަކީ 4 ލަނޑެވެ. ލުކާކޫ އޭނާ ކުޅުނު ދެ މެޗުންކުރެ ކޮންމެ މެޗެއްގައި 2 ލަނޑު ޖެހިއެވެ.

ގޯލްޑަން ބޫޓަކީ ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް ދޭ އިނާމެކެވެ. އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކު ހޮވުމުގައި ޢަދަދުގެ ގޮތުން ދެ ކުޅުންތެރިއަކު ނުވަތަ އެއަށްވުރެ ގިނަ ކުޅުންތެރިން އެއްވަރު ވެއްޖެ ނަމަ ބަލާނީ އެހެން މީހަކު ލަނޑެއް ޖަހަން އެހީތެރިވެދީފައިވާ ޢަދަދަށެވެ. އެހީތެރިވެދިން ޢަދަދުވެސް އެއްވަރު ވެއްޖެ ނަމަ ބަލާނީ ކޮންމެ ލަނޑެއް ޖަހަން ހޭދަވީ ވަގުތަށާއި، ޖުމުލަ ކުޅުނު ވަގުތަށެވެ. މިހާރުގެ ތަފާސް ހިސާބަށް ބަލާއިރު ލުކާކޫ އެހީތެރިވެދީގެން ލަނޑެއް ޖަހާފައެއް ނެތެވެ. އޭނާ ވަނީ 158 މިނިޓު ކުޅެފައެވެ. ޖެހި ޝޮޓުގެ ޢަދަދަކީ 5 އެވެ. ރޮނާލްޑޯވެސް ލަނޑެއް ޖަހަން އެހީތެރިވެ ދީފައެއް ނެތެވެ. ކުޅުނީ 193 މިނިޓެވެ. 10 ޝޮޓު ޖަހާފައި ވެއެވެ. މި ހިސާބުތަކަށް ބަލާނަމަ ލުކާގޯލްޑަން ބޫޓު އަދި ލިބޭނީ ލުކާކޫ އަށެވެ.

މި މުބާރާތުގައި ދެން ތިބި ކުޅުންތެރިންނަށް ބަލާއިރު 3 ލަނޑު ޖަހާފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ ރަޝިއާގެ ޑެނިސް ޗެރިޝޭފެވެ.

2 ލަނޑު ޖަހާފައިވާ 8 ކުޅުންތެރިން އެބަތިއްބެވެ. އެއީ ސްޕެއިންގެ ޑިއޭގޯ ކޮސްޓާއާއި، ރަޝިއާގެ ޒިޔުބާއާއި، ބެލްޖިއަމްގެ ހަޒާޑާއި، އިންގްލަންޑްގެ ހެރީ ކޭންއާއި، ނައިޖީރިއާގެ އަޙްމަދު މޫސާއާއި، އޮސްޓްރޭލިއާގެ ޔެޑިނަކާއި، ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗާއި، ބްރެޒީލްގެ ކޯޓިނޯއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.