އާޖެންޓީނާ ބަލިކުރުމަށް ފަހު ފްރާންސް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް

4 ލަނޑު 3 ލަނޑުން އާޖެންޓީނާ ބަލި ކުރުމަށް ފަހު ފްރާންސް ވޯލްޑްކަޕް 2018 ގެ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ 7 ޖެހި އިރު ފެށުނު މެޗުގައި ފްރާންސުން ވަނީ މެޗު ފެށުމާއެކުވެސް ހަލުވި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އާޖެންޓިނާާ ފެނުނީ ބިރުން ކުޅޭ ކަހަލަ ގޮތަަކަށެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުން ފްރާާންސެވެ. އެއީ މެޗުގެ 13 ވަނަ މިނިޓުގައި އެންޓޯނިއޯ ގްރީޒްމަންއެވެ. އާޖެންޓީނާއިން އެއްވަރު ކުރި ލަނޑު ޖެހީ މެޗުގެ 41 ވަނަ މިނިޓުގައި ޑިމަރިއާއެވެ. މިއީ އޭރިއާއިން ބޭރުން އޭނާ ފޮނުވައިލީ ވަރަށް ރީތި ބޯޅައެކެވެ. ދެވަނަ ހާފް ފެށުނުތާ މާ ގިނަ އިރުތަކެއް ނުވެ އާޖެންޓިނާއިން ލަނޑު ޖަހައި ކުރި އަތުލިއެވެ. މި ލަނޑު ޖެހީ 48 ވަނަ މިނިޓުގައި ގެބްރިއެލް މެސާޑޯއެވެ. ހަގީގަތުގައި މިއީ މެސީ ފޮނުވައިލީ ބޯޅައެކެވެ. މެސާޑޯގެ ފައިގައި ޖެހިފައި ގޯލަށް ވަނީއެވެ. އޭނާ ޖެހީއެއް ނޫނެވެ. ފްރާންސުން އެއްވަރު ކުރި ލަނޑު ޖެހީ  57 ވަނަ މިނިޓުގައި ބެންޖަމިން ޕަވާޑެވެ. މިއީވެސް ދުރުން ޖެހި ވަރަށް ރީތި ލަނޑެކެވެ. މި ލަނޑަށް ފަހު އާޖެންޓީނާގެ ކުޅުން ރޫޅިގެން ދިޔައެވެ. 56 ވަނަ މިނިޓުގައި ބަޕޭ ލަނޑެއް ޖެހިއެވެ. އޭގެ ހަތަރު މިނިޓު ފަހުން އަނެއް ލަނޑުވެސް ޖެހީއެވެ. އާޖެންޓީނާ ތިން ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގައެވެ. މި ލަނޑު ޖެހީ އަގުއެރޯއެވެ.

ފައިނަލް ނަތީޖާއަކީ 4 ލަނޑު 3 ލަނޑުން ފްރާންސް މޮޅު ވެގެންނެވެ.

މި މެޗުގައި ފްރާންސްގެ ދިފާއާއި މެދުތެރެ ވަރަށް ރަނގަޅަށް ކުޅުނެވެ. އާޖެންޓިނާއަކުން އެ މަންޒަރެއް ނުފެނެއެވެ. ކުރިއަށް ކުޅޭ ދެ ކުޅުންތެރިއަކު ހިތްވަރު ކުރި ނަމަވެސް މެދުތެރެއާއި ފަހަތް އޮތީ ރޫޅިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.