'ސަންޖޫ' އަށް ސަލްމާން ޚާން ކުރި ކޮމެންޓަށް ރަންބީރު ރައްދު ދީފި

'ރޭސް 3' ގެ ޕްރޮމޯޝަންގައި 'ސަންޖޫ" އާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ސަލްމާން ޚާން ދިން ޖަވާބަށް ރަންބީރު ވެސް ރައްދު ދީފިއެވެ. ނޫސްވެރިޔާގެ ސުވާލަށް ޖަވަބު ދެމުން ސަލްމާނު ބުނީ ސަންޖޭދަތުގެ ހަޔާތުގެ 7 އަހަރާއި 8 އަހަރު އޭނާ އަމިއްލައަށް ނުކުޅުނީ ކީއްވެކަން ނުވިސްނޭ ކަމަށެވެ. ސަންޖޭ ދަތުހާ މޮޅަށް އޭނާގެ ރޯލު އެހެން މީހަކަށް ކުޅެވޭނެ ކަމަށް އޭނާއަށް ގަބޫލެއް ނުކުރެވެއެވެ.

'ސަންޖޫ' ގެ ޕްރޮމޯޝަންގައި ސަލްމާނުގެ ކޮމެންޓާ ބެހޭ ގޮތުން ރިޕޯޓަރަކު ކުރި ސުވާލަށް ދެމުން ރަންބީރު ބުނީ ބުނީ ބަޔޯޕިކް އެއްގައި އެމީހަކު އަމިއްލައަށް އެކްޓްކޮށްފައެއް ނުވެއެވެ. އެހެން ކުޅޭ ނަމަ ކެރެކްޓަރ ނުނެރެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ސަންޖޭ ދަތު އާއި އޭނާއާ އަޅައި ކިޔާނެ ކަން މާ ކުރިންވެސް އެނގޭ ކަމަށް އޭނާ ބުންޏެވެ.

ފިލްމުގައި އޭނާ ފެންނަނީ އުމުރުން 40 އހަރުގެ ސަންޖޭ ދަތުގެ ގޮތުގައި ވިޔަސް ނުވަތަ 20 އަހަރުގެ ސަންޖޭ ދަތު ކަމުގައި ވިޔަސް އެމީހުން އެބަލަނީ ފަންނާނެއް ކަން އެނގެންވާނެއެވެ. އަދި ސަލްމާނުގެ ވާހަކަ ރަނގަޅު ކަމަށާއި އޭނާއަށް ދެވަނަ ސަންޖޭ ދަތު އަކަށް ނުވެވޭނެ ކަމަށް ރަންބީރު ބުންޏެވެ.

ރަމްބީރު މިހާރު ދަނީ 'ސަންޖޫ' ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރަންބީރުގެ އިތުރުން 'ސަންޖޫ' ގައި ދިއާ މިރްޒާ އާއި ޕަރޭޝް ރަވާލް އާއި މަނީޝާ ކޮއިރާލާ އާއި ކަރިޝްމާ ތަންނާ އާއި އަނުޝްކާ ޝަރްމާ އާއި ވިކީ ކޯޝާލް އާއި ސޯނަމް ކަޕޫރު މަސައްކަތް ކުރެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.