ސްވީޓް ލެމަން ބަޓަރ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
115 ގުރާމް ބަޓަރު
30 ގުރާމް އައިސިންގ
2 ސައި ސަމުސާ ލުނބޯ ޖޫސް
1 ސައި ސަމުސާ ލުނބޯ ތޮށި، ގާނާފައި
މެލްޓެޑް ރާސްބަރީ އަށް ބޭނުންވާނެ ތަކެތި:
340 ގުރާމް ރާސްބަރީ
50 ގުރާމް ހަކުރު
2 ސައިސަމުސާ ލޮނބޯ ތޮށި، ގާނާފައި
ޕޭން ކޭކް އަށް ބޭނުންވާނެ ތަކެތި:
250 ގުރާމް ރިކޯޓާ ޗީޒް
4 ކުކުޅު ބިސް، ގޮބޮޅި އާއި ލޮނދި ވަކިކޮށްފައި
180 މިލި ލީޓަރު ބަޓަރ މިލްކް
125 ގުރާމް ފުށް
ދޮޅު ސައި ސަމުސާ ބޭކިންގ ޕައުޑަރ
ލޮނު ކޮޅެއް
50 ގުރާމް ހަކުރު
45 ގުރާމް އަންސޯލްޓެޑް ބަޓަރ
ސްވީޓް ލެމަން ބަޓަރ ތައްޔާރު ކުރާނެ ގޮތް:
ސްވީޓް ލެމަން ބަޓަރ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ކްރީމަށް ވަންދެން ކަރަންޓު މިކްސަރުގައި އެއްކުރާށެވެ.
މެލްޓެޑް ރާސްބަރީ ތައްޔާރު ކުރާނެ ގޮތް:
އުނދުން މައްޗަށް ތަވައެއް އުދައި ތަވާ ރަނގަޅަށް ހޫނުކުރުމަށްފަހު ރާސްބަރީ އާއި ހަކުރާއި ލުނބޯ ތޮށްޓާއި އަޅައި ހަކުރު ވިރި ރާސްބަރީ މަޑުވެ ސިރަޕް ނިކުންނަންދެން ކައްކާށެވެ. 45 ސިކުންތުވަރު ކައްކާލީމާ ރަނގަޅުވާނެއެވެ. ކައްކަންވާނީ ރާސްބަރީގެ ސިފަ ނުގެއްލޭ ވަރަށެވެ. މާގިނައިރު ކެއްކުމުން ރާސްބަރީގެ ސިފަ ގެއްލޭނެއެވެ.
ޕޭންކޭކް ތައްޔާރުކުރާނެ ގޮތް:
ޕޭން ކޭކް ތައްޔާރު ކުރުމަށްޓަކައި ބޯތަށްޓަކަށް ޗީޒާއި ބިހުގެ ގޮބޮޅި އަޅައި ރަނގަޅަށް އެއްކުރުމަށްފަހު ބަޓަރ މިލްކް އަޅައި އެއްކުރާށެވެ. ރަނގަޅަށް މިކްޗަރު ތައްޔޜު ކުރެވުމުން އޭގެ ތެރެއަށް ފުށާއި ބޭކިންޕައުޑަރ އާއި ލޮނު ކޮޅު އެޅުމަށްފައހު ރަނގަޅަށް އެއްކުރާށެވެ.
އެހެން ބޯތަށްޓަކަށް ހަކުރާއި ބިހުގެ ލޮނދި އަޅައި ރަނގަޅަށް އެއްކުރުމަށްފަހު ކުރީން ތައްޔާރު ކުރި ފުށްގަނޑުގެ ތެރެއަށް އަޅައި އެއްކުރާށެވެ.
އުނދުން މައްޗަށް ތަވައެއް އުދައި މަޑުގިނީގައި ބަހައްޓައިގެން ބަޓަރު ކޮޅެއް ވިރުވާށެވެ. ދެން ތަވާގައި ފަހަރަކު ތިން ޕޭން ކޭކު ފިހޭށެވެ.
ޕޭންކޭކް ފިހެވުމުން ތަށްޓަށް ނަގާފައި ޕޭންކޭކުގެ މަތީގައި ސްވީޓް ލެމަން ބަޓަރ ކޮޅެއް ފެތުރުމަށްފަހު އޭގެ މައްޗަށް ސަމުސަލަކުން ވިރުވާފައި ހުރި ރާސްބަރީއާއި ސިރަޕް އަޅާށެވެ.