އާފަތިސް ރޯދަ ބަދިގެ: އޯޓު ބޯކިބާ

ބޭނުންވާނެ ބާވަތްތައް:

½ ޖޯޑު އޯޓު

2 މޭޒުމަތީ ސަމުސާ މުގު

5 މޭޒުމަތީ ސަމުސަ ހަނޑޫ

ފިޔާ/މިރުސް

½ ދަޅު މަސް

½ ތަށި ޕްލެއިން ޔޯގަޓް

ތައްޔާރުކުރާނެ ގޮތް:

މުގާއި ހަނޑޫ 10 ގަޑިއިރުވަރު ފެނުލާފައި ބަހައްޓާށެވެ. އެއަށްފަހު މިކްސަރުން ރާޅުކޮށް މުގުރައިލާށެވެ.

މިރުހާއި ފިޔާ ކޮށާފައި މަސް އަޅައިންގެ ރަނގަޅު މޮޑެލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ހަނޑުލާއި މުގު އެއްކޮށް މުގުރާށެވެ. ދެން ޔޯގަޓު އެއްކުރުމަށް ފަހު އޯޓްސް އަޅައި ހުރިހާ ބާވަތެއް އެއްކޮށްލާށެވެ.

ދެން އަވަން ހޫނުކުރުމަށްފަހު 30 މިނެޓުވަރު އަވަނުގަިއ ބަހައްޓައިގެން ފިހެލާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.