އާފަތިސް އީދު ބަދިގެ: އާފަލު މޫރުއްބަ

ބޭނުންވާނެ ބާވަތްތައް:

2 ޖޯޑު ފެން

2 ޖޯޑު ހަކުރު

4 ކަރަންފޫ

ކުލަކޮޅެއް

½ ކިލޯ އާފަލު (ތޮށި މަށައި، އޮށް ނަގާ ސާފުކޮށްފައި)

ލުނބޮއެއްގެ ހުތް

ބައި ސައިސަމުސާ ކާފޫރުތޮޅި

ތައްޔާރުކުރާނެ ގޮތް:

އާފަލު ސާފުކޮށްފައި ކޮށައި ސާފުކޮށްފައި ލޮނު ފެނުގައި ފަނަރ މިނެޓު ބަހައްޓާށެވެ. ލޮނު ފެން ތައްޔާރުުކުރާނީ 2 ޖޯޑު ފެނަށް ބައި ސައިސަމުސާ ލޮނު އަޅައިގެންނެވެ.

އުނދުން މައްޗަށް ތެއްޔެއް އުދައި ހަކުރާއި ފެނާއި ކަރަންފޫ އަޅައިގެން ހަކުރު ވިރެންދެން ކައްކާށެވެ.

ދެން ކާ ކުލަ ކޮޅެއް އަޅާށެވެ.

ދެން އާފަލާއި ލުނބޯ ހުތް އަދި ކާފޫރުތޮޅީ އެއްކުރާށެވެ.

ތެލީގެ މަތި ޖަހައިގެން އާފަލު މަޑުވެ ހަކުރު ބޯވަންދެން ކައްކާށެވެ. ބައިގަޑިއިރު ކައްކާލީމާ ރަނގަޅުވާނެއެވެ. ދެން ހިހޫ ކުރާށެވެ.

ހިހޫވުމުން ފުޅިއަކަށް ނުވވަތަ ކުޑަ ގުޅިއަކަށް އަޅާށެވެ. މިއީ ތައްޔާރުކޮށްލަން ފަސޭހަ އަދި ގިނަ ދުވަހަށް ރައްކާކުރެވޭނެ ފޮނި ކާ އެއްޗެކެވެ. ބޭނުން ނަމަ އައިސްއަލަމާރީގައި ވެސް ބެހެއްޓީދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.