އާފަތިސް ބަދިގެ: ކްލައުޑް ކޭކު

ކޭކަށް ބޭނުންވާނެ ތަކެތި:

250 ގުރާމު ޑާކް ޗޮކްލެޓު

9 މޭޒުމަތީ ސަމުސާ ބަޓަރު، އަންސޯލްޓެޑް

6 ކުކުޅު ބިސް (2 ބިސް، 4 ބިސް ގޮބޮޅިއާއި ހުދު ބައި ވަކިކޮށްފަ)

¾ ޖޯޑު ހަކުރު

2 މޭޒުމަތީ ސަމުސާ ކެޑްބަރީ ޗޮކްލެޓު

އޮރެންޖެއްގެ ތޮށީ، ގާނާފައި

ކްރީމް ޓޮޕިން އަށް ބޭނުންވާނެ ތަކެތި:

2 ޖޯޑު ހެވީ ކްރީމް

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

1 މޭޒުމަތީ ސަމުސާ ކެޑްބަރީ ޗޮކްލެޓު (އިޚްތިޔާރީ)  

½ ސައިސަމުސާ ކޮކޯ ޕައުޑަރ

ތައްޔާރުވާނެ ގޮތް:

180 ޑިގްރީ އަށް އަވަން ހޫނުކުރަން ޖައްސާށެވެ.

9 އިންޗީގެ ޓްރޭއެއްގަ ބޭކިން ކަރުދާސް އަޅައި ތައްޔާރުކުރާށެވެ.

މަޑުގިނީގައި ޗޮކްލެޓު ވިރުވާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބަޓަރު ވިރުވާށެވެ.

2 ބިހާއި 4 ބިހުގެ ގޮބޮޅި ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ހަކުރާއި އެއްކުރާށެވެ. ހަކުރު ވިރުމުން  ވިރުވައިފައި ހުރި ޗޮކްލެޓު ބިހާއި އެއްކުރާށެވެ. އަދި ކެޑްބަރީ އާއި ލުނބޯ ތޮށި އަޅާށެވެ.

ބޯތަށްޓެއްގައި ފޮނަށް ވަންދެން ބިހުގެ ލޮނދި ގިރާށެވެ. ދެން ½ ޖޯޑު ހަކުރު އެއްކުރުމަށްފަހު ގިރާށެވެ. ދެން ޗޮކްލެޓު މިކްސްޗަރުގެ ތެރެއަށް ފަހަރަކު ސަމުސަލަކުން އެއްކުރާށެވެ.

35 މިނެޓު ނުވަތަ 40 މިނެޓު ވަންދެން ފިހެލާށެވެ. ފިހެވުމުން ކޭކު ހުންނާނީ އުފުލި މެދުގައި ރެނދުލާފައެވެ. ހިހޫ ކުރަން ނަރުގަނޑެއްގެ މަތީގައި ބަހައްޓާށެވެ. ހިހޫ ވަމުންދާ ވަރަކަށް ކޭކުގެ މެދު އަޑިއަށް ދާން ފަށާނެއެވެ.

ކްރީމް ވިޕްކުރުމަށްފަހު ވެނީލާ އެސެންސާއި ކެޑްބަރީ ޗޮކްލެޓު އަޅައިން ކްރީމް ތައްޔާރުވުމުން ކޭކުގެ މެދަށް ކްރީމް އަޅާށެވެ. މެދުން އެއްވަރު ކުރަމުންގޮސް ކައިރިފަށަށް ކްރީމް ފަތުރައިލާށެވެ. ދެން މައްޗަށް ކޮކޯ ޕައުޑަރުކޮޅެއް ފުރާނާލާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.