އާފަތިސް ރޯދަބަދިގެ: ލެމަން ޕަވްލޯވާ

ބޭނުންވާނެ ތަކެތި:

ހަ ބިހުގެ ލޮނދި

ޖޯޑަކާއި ޖޯޑެއްގެ ހަތަރުބައިކުޅަ ތިން ބައި ހަކުރު                       

ސައިސަމުސަލުގެ ދެ ސަމުސާ ބައި ޒުވާރި ފުށް

2 ލުނބޯ

ބައި ޖޯޑު އާމަންޑް

ޖޯޑަކާއި ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ޑަބަލް ކްރީމް

ޖޯޑަކާއި ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ލެމަން ކާރޑް (ތައްޔާރު ކުރާނެ ގޮތް ތިރީގައި)

ތައްޔާރު ކުރާނެ ގޮތް:

1.     180 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރާށެވެ. ވަށް ޓްރޭ ( 10 އިންޗީގެ) އެއްގައި މާޖިރިން ހޭކުމަށް ފަހު ބިހުގެ ހުދު ލޮނދި ސެޓިން އަށް ވަންދެން ގިރައި އޭގެ ތެރެއަށް ހަކުރު އެއްކުރާށެވެ. ހަކުރު އެއްކުރާނީ ސަމުސަލަކުން ސަމުސަލަކުން އަޅަމުން ގޮހެވެ. ރަނގަޅަށް ގިރުވައިލެވުމުން އޮފު އަރާނެއެވެ.

2.     އެ މިކްސްޗަރުގެ މައްޗަށް ޒުވާރި ފުށްކޮޅާއި ލުނބޯތޮށިކޮޅެއް ގާނާފައި އަޅާށެވެ. އަދި ދެ ސައިސަމުސާ ލުނބޯ ހުތް ވެސް އަޅާށެވެ.

3.     ހުރިހައި ބާވަތެއް މަޑުމަޑުން އެއްކުރާށެވެ. ދެން ބޭކިން ޓްރޭ އަށް އަޅައި މަތި އެއްވަރު ކޮށްލާށެވެ.

4.     އަވަނަށް ލާފައި އަވަނުގެ ހޫނުމިން 150 ޑިގްރީ އަށް ތިރި ކޮށް 1 ގަޑި އިރުވަންދެން ފިހޭށެވެ.

5.     އެއްގަޑި އިރު ހަމަވުމުން އަވަނުން ނަގައި ހިހޫ ކުރަން ބަހައްޓާށެވެ. ފިނި ތަނެއްގައި ނުބަހައްޓާށެވެ. ފިނި ތަނެއްގައި ބަހައްޓައިފިނަމަ ރެނދު ލާނެއެވެ. ކާން ތައްޔާރު ވުމުން ތަށްޓަކަށް ފުށުން ޖަހާށެވެ.

6.     އުނުދުނުގެ ހޫނުމިން މެދުމިނުގައި ބަހައްޓައިގެން އާމަންޑް ކޮޅު ޓޯސްޓު ކުރާށެވެ.

7.     ދެން ލެމަން ކާރޑް ބޯތަށްޓަކަށް އަޅައި ލަކުޑި ސަމުސަލަކުން އެއްކުރުމަށްފަހު ފިހެފައި އޮތް ބޭސްގެ މައްޗަށް އަޅާލާށެވެ. ދެން އޭގެ މައްޗަށް ވިޕް ކްރީމް އަޅައި އޭގެ މައްޗަށް ޓޯސްޓު ކުރި އާމަންޑް އަދި ލުނބޯތަޮށި ކޮޅެއް ގާނާފައި އަޅާލާށެވެ. އޭރުން ލެމަން ޕަވްލޯވާ ތައްޔާރު ކުރެވުނީ އެވެ. 8 މީހުންނަށް ފުދޭ ވަރަށް މި ރެސިޕީ އިން ތައްޔާރު ކުރެވޭނެއެވެ.

ލެމަން ކާރޑް ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެތި:

2 ލުނބޯގެ ހުތް

2 ކުކުޅު ބިސް

ދެ ބިހުގެ ގޮބޮޅި

ޖޯޑެއްގެ ހަތަރުބައިކުޅަ ތިންބައި ހަކުރު

މޭޒުމަތީ ސަމުސަލުގެ 7 ސަމުުސާ ބަޓަރު (އަންސޯލްޓެޑް)

ތައްޔާރު ކުރާނެ ގޮތް:

1.     ލުނބޯ ހުތާއި ލުނބޯ ތޮށިކޮޅެއް މިކްސަރަށް އަޅައި ދެ ބިހާއި ދެ ބިހުގެ ގޮބޮޅީ އާއި ހަކުރު އަޅާއިގެން ރަނގަޅަށް ގިރާށެވެ.

2.     މަޑު ގިނީގައި ބަޓަރު ކޮޅު ވިރުވާށެވެ. ބަޓަރު ރަނގަޅަށް ވިރުމުން އޭގެތެރެއަށް ހަކުރާއި ގިރާފައި ހުރި ބިހާއި ލުނބޯ ހުތް އެއްކުރާށެވެ. ރަނގަޅަށް އެކުވުމުން އުނދުންމަތިން ބާލާށެވެ. މި ރެސިޕީ އިން ދޮޅު ޖޯޑުގެ ލެމަން ކާރޑް ތައްޔޜު ކުރެވޭނެއެވެ.

ނޯޓް: މެރިންގު ބޭސް އެއްދުވަސް ކުރިން ތައްޔާރު ކުރެވިދާނެއެވެ. އަދި ލެމަން ކާރޑް ތިން ދުވަސް ކުރިން ތައްޔާރުކޮށް އައިސް އަލަމާރީގަައި ބެހެއްޓިދާނެއެވެ. ބޭނުންކުރަން ވީމާ ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. އާމަންޑް ވެސް އެއް ހަފްތާ ކުރީން ތައްޔާރު ކޮށް ވައި ނުވަންނަ ގޮަތަށް ކޮންޓެއިނަރެއްގައި ބެހެއްޓިދާނެއެވެ. ކާން ނެގުމުގެ 1 ގަޑި އިރު ކުރިން މި ތިން ބާވަތް ބޭނުންކޮށްގެން ޕަވްލޯވާ ތައްޔާރު ކުރެވިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 Trackback / Pingback

  1. އާފަތިސް ބަދިގެ: ލެމަން ކްރީމް ޕަފް | Aafathis

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.