އާފަތިސް ރޯދަ ބަދިގެ: ބަރަބޯ ކޭކު

ބޭނުންވާނެ ބާވަތްތައް: 

2 ޖޯޑު ފުށް

1 ½ ޖޯޑު ހަކުރު

1 ސައިސަމުސާ ބޭކިން ސޮޑާ (ފުރާނާފައި)

2 ސައިސަމުސާ ބޭކިން ޕައުޑަރު

2 ސައިސަމުސާ ފޮނިތޮށި

3 ބިސް

1 ޖޯޑު ތެޔޮ

2 ޖޯޑު ބަރަބޯ ޕޫރީ (ކައްކާފައި ނުވަތަ ފިހެފައި)

ތައްޔާރުކުރާނެ ގޮތް:

180 ޑިގްރީ އަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި 9 އިންޗި 13 އިންޗީގެ ޓްރޭއެއްގައި ބަޓަރު ނުވަތަ މާޖިރިން ހާކައި ޓްރޭ ތައްޔާރުކުރާށެވެ.

ފުން ތަށްޓެއްގައި ހިކި ސާމާނު؛ ފުށާއި ހަކުރާއި ބޭކިން ސޮޑާ އަދި ބޭކިން ޕައުޑަރާއި ފޮނިތޮށި އެއްކުރާށެވެ.

އެހެން ތަށްޓެއްގައި ބިހާއި ތެޔޮ އަދހި ބަރަބޯ އެއްކުރާށެވެ.

ބަރަބޯ ރަނގަޅަށް އެކުވުމުން ފުށުގެ ތެރެއަަށް އަޅައި އޮމާންވަންދެން އެއްކުރާށެވެ.

ދެން ކުރިން ތައްޔާރުކުރި ޓްރޭއަށް އެޅުމަށްފަހު އަވަނުގައި ފިހޭށެވެ. ބައިގަޑިއެއްހައި އިރުން ރަނގަޅަށް ފިހެވޭނެއެވެ.

ކޭކުގެ މަތީގައި ފްރޮސްޓްކުރަން ބޭނުންވާނަަމަ ދޮޅު ޖޯޑު ކްރީމް ޗީޒާއި މޭޒުމަތީ ސަމުސަލުގެ އަށް ސަމުސާ ބަޓަރާއި 1 ޖޯޑު ހަކުރު އަދި ވެނީލާ އެސެންސް ރަނގަޅަށް ވިޕް ކުރުމަށްފަހު ކޭކު ހިހޫ ވީމާ ކޭކު ފްރޮސްޓު ކުރާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.