ހިތަދޫން ގެއްލުނު ކުދިން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދޭ: އެމްއެންޑީއެފް

ހުސްވި މަހު 21 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅުނު ތިން ކުދިންގެ ތެރެއިން ގެއްލިފައިވާ ދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާ ނުލައްވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެ މަސައްކަތް ހުއްޓައި ނުލައްވައި އަދިވެސް ކުރިއަށް ގެންދަވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އޮޕަރޭޝަން ޝެޑިއުލް ކޮށްފައިވާ ގޮތަށް ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަވާ ކަމަށެވެ. އެހެންނަމަވެސް އެކަން ޝެޑިއުލް ކޮށްފައިވަނީ ކިހިނެއް ކަމެއް ވިދާޅެއް ނުވެއެވެ. "އޮޕަރޭޝަން ޝެޑިއުލްގެ ތެރެއިން ކަނޑުގެ ސަރފަސް އޭރިއާ ސާޗު ކުރަމުންދަނީ،" އޭނާ ވިދާޅުވިއެވެ.

ކުދިން ގެއްލިގެން އުޅުނު ދުވަސްވަރު އެމްއެންޑީއެފް ސިފައިން އެމަސައްކަތް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ޑައިވިން ރޮބަޓާއި، ހެލިކޮޕްޓަރާއި، ޑައިވަރުންނާއި، ލޯންޗު ފަހަރު ބޭނުންކޮށްގެން އެކުދިން ފެނޭތޯ ރެއާ ދުވާލު މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް މިހާރު އެމަސައްކަތް އެހާބޮޑަށް ކުރަމުންދާ ތަނެއް ނުފެނެއެވެ.

ގެއްލިފައިވާ ކުދިން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތުގެ ތަފްސީލެއް އާޒިމް ނުދެއްވައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.