ވެލި ބަރުކޮށްގެންދިޔަ ދޯންޏެއް ހަތް މީހުންނާއެކު ބަންޑުން ޖަހާލައިފި

ބަންޑުންޖަހައިލި ދޯނިން އަނިޔާވި މީހާގެ ފައިގައި ބޭސް އަޅަނީ: ފޮޓޯ އެމްއެންޑީއެފް

ވެލިބަރު ކޮށްގެން ދަތުރުކުރި ދޯންޏެއް މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުން ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ ދޯނި ބަންޑުންޖަހާލި އިރު އޭގައި 7 މީހުން ދަތުރުކުރި ކަމަށެވެ.

އެސްޓޯއޯގެ ޒިބްރާ ޓަގުން ވަނީ އޭގެ ތެރެއިން 6 މީހަކު އެއަށް ނަގައިފައެވެ. އަނެއް މީހާ ނަގާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ލޯންޗަށް ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ވެލި ބަރުކޮށްގެންދިޔަ ދޯނި ބަންޑުން ޖަހާލައިފައި: ފޮޓޯ އެމްއެންޑީއެފް

އެ ހަތް މީހުންގެ ތެރޭގައި ހިމެނެނީ 6 ބިދޭސީއަކާއި ދިވެއްސެކެވެ. އެތަނުން ބިދޭސީއެއްގެ ފައިގެ ކަށިމަތިން ތަންކޮޅެއް ވަނީ މަށައިގެން ގޮސްފައެވެ. އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ޢާޒިމް ވިދާޅުވިއެވެ.

މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށްލިބިފައިވަނީ މިއަދު ހެނދުނު 8:45 އެހައިކަންހާއިރު ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.  ދޯނީގެ ވެރިފަރާތުން ގެންދަނީ ދޯނި ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

އެއިން ދަތުރުކުރި މީހުން މިހާރުވެސް މާލެ ގެނެސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.