ހިޔާ މަޝްރޫއުގެ 12 ކެޓެގަރީއަށް ފޯމު ދޫކުރަން ފަށަނީ

ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށް ދެއްވުމަށް ސަރުކާރުން ފަށައިފައިވާ ހިޔާ މަޝްރޫގެ ދަށުން ފުލެޓުތަކަށް އެދި 12 ކެޓެގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލައްވާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކެޓެގަރީތަކަށް ފޯމު ދޫކުރަން ފަށާނީ މިހިނގާ މެއި މަހު 6 ދުވަހުގައި ކަމަށެވެ. ފޯމު ދޫކުރުން އޮންނާނީ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިހާރު ގެންދަވަނީ އެކަމަށް އެ މާލަން ތައްޔާރު ކުރައްވަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެޕްލިކޭޝަން ފޯމުތައް އޮންލައިންކޮށް ޑައުންލޯޑު ކުރެވޭނެ ކަމަށާއި އެ ކަމާބެހޭ އިތުރު މައުލޫމާތު މި މަހު 6 ވަނަ ދުވަހު ބާއްވާ ލައިވް ޕްރެސް ކޮންފަރެންސްގައި ދެއްވާނެ ކަމަށްވެސް މިނިސްޓަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.