މާލޭ ސަރަހައްދުން ގޯތި ދޭން އިތުރު ބިމެއް ހިއްކަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް އިތުރު ބިމެއްގެ މަޝްރޫޢެއް އެބައޮތް ކަމަށާއި އެކަން އިއުލާނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އީވާ ސުވާލު ކުރެއްވީ މާލޭ ރައްޔިތުންނަށް ގޯތި ދެއްވަން ގަސްތު ކުރައްވާފައިވާ ކަމަށް މިދިޔަ ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވާތީ އެކަން އޮތް ގޮތް ސާފު ކުރެއްވުމުގެ ގޮތުންނެވެ. މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި އެއީ މަޝްރޫއު އިއުލާނު ކުރެއްވުމަކީ އެމަނިކުފާނު ކުރެއްވުމަށް ވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހޭ ކަމެކެވެ.

މި ޖަވާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އިތުރު ބިމެއް ހިއްކުމަށްޓަކައި ލޯނު ނެގުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ. އެ ބިން ހިއްކަނީ މާލޭ ސަރަހައްދުގެ ކޮން ތަނަކުން ކަމެއް މިނިސްޓަރުވެސް އަދި ރައީސް ނަޝީދުވެސް ވިދާޅެއް ނުވެއެވެ. ރައީސް ނަޝީދު ވިދާޅުވީ ލޯނު ހަމަޖެހުމާއެކު އެ މަޝްރޫއު ސަރުކާރުން ހާމަކުރާނޭ ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.