ވެށިފަހިމާލެ ފްލެޓާއި ގޯއްޗަށް އެދުނު މީހުންގެ ލިޔެކިޔުންތައް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު މީހުންގެ ލިޔެކިޔުންތައް ހުށަހަޅުމުގެ މުއްދަތު ހައުސިންގ މިނިސްޓްރީން އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބެފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު މީހުންގެ ލިޔެކިޔުންތައް ހުށަހަޅަން މިނިސްޓްރީން އެންގި މުއްދަތު ހަމަވެފައި ވަނީ ސަރުކާރު ބަންދު ކުރި މުއްދަތުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެ މުއްދަތު ދެން ސަރުކާރު ހުޅުވޭ ތާރީޚުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަމަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ދޭނެކަމުގެ ލިޔުން ލިބި ފްލެޓް ހަވާލު ނުކުރާ މީހުންނާއި އަދި މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި މިހާތަނަށް ގޯތި ލިބިފައި ނުވާ މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ފަށާފައެވެ.

ވެށިފަހި މާލެ ޕްރޮގްރާމަކީ 2008 ގައި އައި އެމްޑީޕީ ސަރުކާރުން އިޢްލާންކުރި ބޯހިޔާވަހިކަމުގެ ޕްރޮގްރޭމެކެވެ. މި ޕްރޮގްރާމް ހުޅުވަލީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނަށާއި ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންގެ އިތުރުން މާލެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައި ތިބި މީހުނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.