ހުޅުމާލޭގައި އަލިފާނުގެ ހާދިސާ ތަކެއް ހިނގައިފި

ހުޅުމާލޭގައި އަލިފާނުގެ ދެ ހާދިސާ މިއަދު ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާދީސާތަކުގެ ތެރެއިން އެއް ހާދިސާއެއްގައި ރޯވީ އެހެލާފައިވާ ބާޖެއްގައި ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގައެވެ. އެ އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދެވަނަ ހާދިސާގައި ރޯވެފައިވަނީ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި އޮތް ކެރޭނެއްގައެވެ. އޭގައި ރޯވި އަލިފާންވެސް ނިއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.