މޫދަށް ފޭބި ބީދޭސީއަކު ގެއްލިގެން ހޯދަން ފަށައި

މާލެއަތޮޅު އޮޅުހަލީގައި ތަރައްގީ ކުރަމުންދާ ރިސޯޓުން މޫދަށް އެރިއުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީ އެފުން ވިދާޅުވީ ގެއްލިފައިވަނީ ބިދޭސީއެއް ކަމަށެވެ. އެ ކަމުގެ މައުލޫމާތު އެމްއެންޑއެފަށް ލިބިފައިވަނީ މިރޭ 20:25 ގައި ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓުގާޑުންވަނި އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

އޭނާގެ އިތުރަށް މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ހިތަދޫން މޫދަށް އެރިއުޅުނު ދެ ކުއްޖަކު ގެއްލިގެން ސިފައިން ގެންދަނީ އަދިވެސް އެ ދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގައި ކަނޑާއި، ކަނޑު އަޑީއާއި، ރަށުގެ ފަރުވެސް ސިފައިން ގެންދަވަނީ ހޯއްދަވަމުންނެވެ. އެހެންނަމަވެސް އަދި ފެނިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެކުދިން ހޯދުމަށްޓަކައި އެމްއެންޑީއެފަށް ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުން ކުރައްވާނެ ކަމަށެވެ. އޭގެ އިތުރަށް މިނިސްޓަރ އާދަމް ޝަރީފް އުމަރުވެސް ވިދާޅުވެފައި ވަނީ އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.