ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރިއުޅުނު ތިންކުއްޖަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތު  މޫދަށްއެރިއުޅުނު ތިން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެއްކުއްޖަކި ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އަނެއް ދެކުދިން ހޯދުމުގެ މަސައްކަތް ސިފައިންދަނީ ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ފެނުނު ކުއްޖާ ސަލާމަތް ކޮށްފައިވަނީ ހިތަދޫ ފަޔަރސްޓޭޝަންގެ ސިފައިންނެވެ. އެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުންވެސް މިހާރު ގެންދަނީ ބައިވެރިވަމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.  އެކުއްޖާ ސަލާމަތް ކޮށްފައިވަނީ އާންމުންގެ މީހެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފެނިފައިވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާއަށް މިހާރޔ ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ފަރުވާ ދެމުންނެވެ. އެޗުއާރުއެޗުގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވީ އެކުޖާގެ ހާލު ރަނގަޅު ކަމަށެވެ. އެއްވެސް ސީރިއަސް ކަމެއް ދިމާވެފައިވެސްނެތް ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރު އޮތީ އޮބްޒަވޭޝަނުގައި ބާއްވާފައި،" ޝާހު ވިދާޅުވިއެވެ.

ފެނިފައިވަނީ އަލީ ރާއިފް ކިޔާ ކުއްޖެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. " އެކުދިން މޫދަށް ގޮސް އުޅެނިކޮށް ރާޅުބޮޑުވާން ފެށީމާ އެއްގަމަށް އަންނަން ފަތައިގަތީ. އައިސް އައިސް ތިއްބާ ބޮޑުރާޅެއް ނަގައި އެދެކުދިން އަޑިއަށްދިޔައީ،" ހޮސްޕިޓަލުގައި މިހާރުއޮތް ކުއްޖާއާ ހަވާލާދީ އެތިން ކުދިންގެވެސް ރައްޓެއްސަކުން ބުންޏެވެ.

އެކުދިން ހޯދުމަށްޓަކައި އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރާއި، އާންމުންވެސް މިހާރުވަނީ ލޯންޗު ފަހަރުގައި ނުކުމެ ހަރަކާތްތެރިވަމުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.