ގެއްލުނު ކުދިން ހޯދުމަށް 43.72 މޭލުގެ ސަހައްދެއް ބަލައިފި

މިދިޔަ ހޮނިހިރު ދުވަހު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާ ފުއްޓަރަށް މޫދަށް އެރިއުޅުނު ކުދިންތަކުގެ ތެރެއިން ގެއްލިފައިވާ ދެކުދިން ހޯދުމުގެ މަސައްކަތުގައި މިހާތަނަށް 43.72 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފާސް ކޮށްފިއެވެ.

އެގޮތުން ރަށުގެ ފަރާއި، ކަނޑުއަޑިއާއި، ލޮނުގަނޑުމަތިންވެސް ވަނީ އެކުދިން ހޯދުމަށް މަސައްކަތް ކޮށްފައެވެ. މި މަސައްކަތުގައިވަނީ ޑައިވިން ރޮބަރޓްވެސް ބޭނުން ކޮށްފައެވެ. އެހެންނަމަވެސް މިހާތަނަށް އެއިން ކުއްޖެއްގެ ހިލަމެއްވެސް ވެފައެއް ނުވެއެވެ.

އެކުދިން ހޯދުމުގެ މަސައްކަތުގައި ކުރަނގި ހެލިކޮޕްޓަރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެކުދިން ގެއްލުނު ދުވަހުން ފެށިގެން ދިވެހި ސިފައިން ގެންދަވަނީ ކުދިން ފެނޭތޯ މެދު ކެނޑުމެއްނެތި މަސައްކަތް ކުރައްވަމުންނެވެ. މީގެ ދެދުވަސްކުރިން ފެށިގެންވަނީ އެމަސައްކަތް އިތުރަށް ފުޅާކޮށްފައެވެ. އަދި އެ މަސައްކަތުގައިވަނީ އިތުރު ސިފައިން ވެސް ބައިވެރިވެފައެވެ. ސިފައިންގެ އިތުރަށް ފުލުހުންވެސް ގެންދަވަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.