އަނިޔާ ލިބޭހާ ހިނދަކު އެއާ ދޮކޮޅަށްކުރާ މަސައްކަތެއް ނުހުއްޓާނަން:ޖޭޕީ

ސިޔާސީ ބައެއް ބޭފުޅުންނާއި އެހެނިހެން ބޭފުޅުން ޖަލުގައި ބަންދުކޮށްގެން އަނިޔާ ދެނމުންދާހާ ހިނދަކު އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ހުއްޓައި ނުލާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވިދާޅުވެއްޖެއެވެ.

އެޕާޓީގެ ޑެޕިޔުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ގާސިމް އިބްރާހީމާއި ޝައިޚް އިމްރާން އަދިވެސް އެތައް ބަޔަކަށް އަނިޔާ ލިބެމުންދާ ކަމަށެވެ. އެކަން އެގޮތަށްވާނަކަ ދުވަހަކު އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުން ހުއްޓައެއް ނުލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިގައުމުގައި އަނިޔާވެރިކަންއޮވެ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ހައްޔަރުގައިތިބިހާ ދުވަހަކު އެބޭފުޅުން މިނިވަން ކުރެވެދެން ރައީސް މައުމޫނާއި ރައީސް ނަޝީދާއި، ގާސިމް އިބްރާހީމާއި، ޝައިޚް އިމްރާނާއި، އަދިވެސް ސިޔާސީ ބޭނުންތަކަށް ހައްޔަރުކުރެވި އަނިޔާ ލިބެމުންދާހާ ދުވަހަކު އަޅުގަނޑުމެން މިކުރާ މަސައްކަތް ހުއްޓައެއް ނުލާނަން،" ޑރ. ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރެވި ރައްޔިތުންނަށް ހަމަހަމަކާއި ސުލްހަވެރިކަމާއި އަމާންކަން ލިބެން ޖެހޭކަމަށާއި އެކަން އެގޮތށް ވަންދެން ގުޅިފައވާ ޕާޓީތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އެކަމަށްޓަކައި ވަޑައިގަންނަވަން ޖެހުނު ކޮންމެ ތަނަކަށް ވަޑައިގަންނަވާނެ ކަމަށާއި، ބައްދަލު ކުރައްވަން ޖެހުނު ކޮންމެ ބޭފުޅަކާ ބައްދަލުވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަދި އެމީހުން ގާނޫނު ކުރިމަތީގައި ޖަވާބުދާރީ ކުރުވާނަން،" އޭނާ ވިދާޅުވިއެވެ. ޑރ. ހުސައިން އެހެން ވިދާޅުވީ ކަރެންޝަންސް އިސްބޭފުޅުންނާ ބައްދަލު ކުރައްވަން މިއަދު އެތަނަށް ވަޑައިގެންނެވުމުން އެތަނުގެ ވެރިންނަށް މިއަދު ބައްދަލު ނުކުރެއްވުމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.