ޕީޕީއެމުން ނުކުންނަން މިޖެހެނީ މުޅިހަޔާތް ބަރުބާދު ކޮށްފައި: އަމީތު

އިއްޔެ އަކީ ޕީޕީއެމުން އޭނާ ވަކިކުރިތާ އެއްއަހަރު ފުރުނުދުވަސް ކަމަށާއި ދެން އެޕާޓީއަކާ ގާތެއް ނުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އެޕާޓީއިން ވަކިކުރިޔަސް އެއްވެސް ޝަކުވާއެއްނެތް ކަމަށާއި، "އެ ޕީޕީއެމް ނަމަކަށް ކިޔުނު މީހަކާވެސް ދެން އަޅުގަނޑު ގާތެއް ނުވާނާން" އަމީތު ވިދާޅުވިއެވެ. އެއީ ވަދެވިއްޖެއްޔާ ނުކުމެވޭ ޕާޓީއެއް ނޫންކަމަށާއި، ނުކުންނަ މީހަކު ނުކުންނަށް ޖެހެނީ މުޅި ހަޔާތް ގުރުބާން ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. "މިވަރުގެ ޕާޓީއަކަށް ކިހިނެތޯ ވަދެވޭނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް މިހާރު އަނިޔާކުރަމުންދާ މީހުން އިންސާގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ. އަދި އެވަރު ނުނިމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދައުލަތް ސަލާމަތް ކުރެވޭނީ ޖަލުގައިތިބެ އަނިޔާ ލިބެމުންދާ ނިކަމެތި ދިވެހިރައްޔިތުން ޖަލުން ސަލާމަތް ކުރެވިގެންނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއަނިޔާ ވެރިކަމުން ދިވެހިދައުލަތް ސަލާމަތް ކުރެވޭނީ ދިވެހި ދައުލަތުގެ ހިމަޔާތަށްޓަކައި އުފެއްދި މުއައްސަސާތައްވެސް އޭގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތް ހިފެހެއްޓުމަށް ވަރަށްމުހިންމު ތަނބުތަކެއް އަޅުގަނޑުމެން ޖަހައިފައި އެބަހުރި. އެމުއައްސަސާތަކަކީ ހަގީގަތުގައި މިދިވެހި ދައުލަތް ވެއްޓިގެން ދިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން ޖަހައިފައިހުރި ވަރަށް ވަރުގަދަ ތަނބުތަކެއް،" އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނޭ ފުލުހުންގެ މުއައްސަސާ މިހާރު ފެންނަނީ ސިޔާސީ ބޭފުޅުންގެ އުނގަށް ވެއްޓިފައިވާތަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެތަނުން ދިވެހިރައްޔިތުން ހިމާޔަތްކުރާ ތަނެއް ނުފެންނަ ކަމަށާއި، ފެންނަމުންދަނީ ސިޔާސީ ވެރިން ހިމާޔަތް ކުރަމުންދާތަން ކަމަށްވެސް އަމީތު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.