ޖޭޕީ އިން ކެންޑިޑޭޓަކު ނެރެން ނިންމުމުން ސަމީރު، ޖޭޕީ އިން ވަކިވެއްޖެ

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ނެރެން ނިންމުމުން، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ޕާޓީން ވަކިވެވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީ އިން ކެންޑިޑޭޓަރު ނެރެން ފާސްކުރީ ރޭ ބޭއްވި ކައުންސިލުގެ ޖަލްސާގައި ކައުންސިލްގެ އިއްތިފާގުން ނެވެ.

އެ ޕާޓީން ބޭއްވި 151 ވަނަ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ވޯޓަށް އެހުމުން، ސަމީރު ވޯޓު ދެއްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހައްދަވައިގެން ކުރިއަށް ދިއުމަށް ފެންނަ ކަމަށެވެ.

ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބުކުރުމަށެވެ.

އިންތިޚާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނި ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.