މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ހޯދާ މީހެއްގެ ފޮޓޯ އާންމުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ، ގެއްލުވާލައިފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބާލާ ކޮމިޝަނުން ހޯދާ މީހެއްގެ ފޮޓޯ އާންމުކޮށްފިއެވެ. އެ ކޮމިޝަނުން އާމުކޮށްފައިވާ ފޮޓޯގައިވާ މީހަކީ މ. ކުރިރުއްގޭ އިރުފާން ރުޝްދީއެވެ.

އިރުފާނަކީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ނުފެނިފައިވާ މީހެއްކަމަށް ފޮޓޯއާއެކު އިރުފާން ހޯދުމަށް ކޮށްފައިވާ އިޢްލާންގައި ބުނެއެވެ. މި އިރުފާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ކޮމިޝަނަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ، ގެއްލުވާލައިފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބާލާ ކޮމިޝަނުން 27 މައްސައެއް ބަލަމުންދާކަމަށް އެކޮމިޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ. އެކޮމިޝަނުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ޔާމީން ރަޝީދގެ މަރުގެ މައްސަލަވެސް ހިމެނެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.