ދިރާގު ފިންޓެކްއިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފަރ ލިބިގެންދާނީ މާފަންނު، އަދި ހުޅުމާލޭ ފޭސް 1 ޕިއްޒާ ބޯނާއިންނެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، އަދި ކޮންމެ އައުޓްލެޓަކުން ވެސް އޯޑަރ ކުރާ ފުރަތަމަ 500 ކަސްޓަމަރުން އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބިގެންދާނެއެވެ. ހަމައެކަނި ޓޭކް-އަވޭ ހިދުމަތަށް ހާއްސަކޮށްފައިވާ މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ބައިވެރިވެވޭނެއެވެ.
މި ފުޓުބޯޅަ މޫސުމާ ގުޅުވައިގެން ދިރާގު ފިންޓެކްއިން ތައާރަފުކުރި މި ޕްރޮމޯޝަނަކީ، ފުޓްބޯޅައިގެ މި ފޯރިގަދަ ދުވަސްވަރު އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ކަސްޓަމަރުންނަށް ފަހިކޮށްދީފައިވާ ރަނުގެ ފުރުސަތެކެވެ. މީގެ ކުރިންވެސް ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފަރތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.
