ދިރާގާއި ވަށްމާފުށީގެ ފަރާތުން ދޭ ޒިޕްލައިން އެޑްވެންޗަރ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި

ދިރާގާއި ވަށްމާފުށި ގުޅިގެން ކުރިއަށް ގެންދިޔަ "ވަށްމާފުށި ޒިޕްލައިން އެޑްވެންޗަރ" ގިވްއަވޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ

28 އެޕްރިލް އިން 31 މެއި 2026 އަށް ކުރިއަށްދިޔަ މި ހަރަކާތުގެ ދަށުން، ގުރުއަތުން ހޮވުނު ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މި ފުރުސަތުގެ ދަށުން، ކޮންމެ ނަސީބުވެރިއަކަށްވެސް އިތުރު އެކަކާއެކު މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގުރުއަތުން ހޮވުނު ނަސީބުވެރިންގެ ނަންތައް 16 ޖޫން 2026 ގައި ދިރާގުގެ މީސްމީޑިއާގައި ވަނީ އިއުލާނުކޮށްފައެވެ. އެ ފަރާތްތަކަކީ:

  1. @Salwakamari_
  2. @Hamdhoon.ibraahim
  3. @She.Hero

ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފިއެވެ. މި ޕަރޓްނަރޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް، ވަށްމާފުށީގެ ހިދުމަތްތަކުން %5 ޑިސްކައުންޓް ލިބޭނެއެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗަރއިން %10 ޑިސްކައުންޓް ލިބޭނެއެވެ. ކަސްޓަމަރުން ބުކިންގް ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕަރޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.