އިބްރާހީމް ޢާޠިފް ޝަކޫރު ގެ ލިޔުންތައް
އިބްރާހީމް ޢާޠިފް ޝަކޫރު
އިބްރާހީމް ޢާޠިފް ޝަކޫރަކީ އިގްތިސާދީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އިކޮނޮމިކްސް އިން ފުރަތަމަ ޑިގްރީ ނެންގެވުމަށް ފަހު މާސްޓަރސް ޑިގްރީ ހެއްދެވީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީންނެވެ. ޢާޠިފް ވަނީ ސަރުކާރާއި ދައުލަތުގެ މަތީ ފެންވަރުގެ ވަޒީފާތަކެއް އަދާ ކުރައްވައިފައެވެ. އޭގެ ތެރޭގައި ސީއެމްޑީއޭ އާއި އެމްއެމްއޭ އާއި ދިރާގު ހިމެނެއެވެ. އެންމެ ފަހުން ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާގެ މަގާމުގައެވެ.
އާޠިފް މިހާރުވެސް ވިލާ ކޮލެޖާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވައި ދެއްވައެވެ. ޢާޠިފަކީ މީގެ ކުރީންވެސް ލިޔުއްވައިފައިވާ އަދި މިހާރު ބްލޮގް ލިޔުއްވަމުން ގެންދަވާ ކުޅަދާނަ ލިޔުންތެރިއެއްވެސް މެއެވެ.