އަނިލް ކަޕޫރް އަބޫދާބީގައި ޓޮމް ކްރޫޒް އާއި ބައްދަލުކޮށްފި

އަނިލް ކަޕޫރް އަބޫދާބީގައި ޓޯމް ކްރޫޒް އާއި ބައްދަލުކޮށްފިއެވެ. އަބޫދާބީގައި ސަލްމާން ޚާންގެ 'ރޭސް 3' ގެ ޝޫޓިން ކުރިއަށްދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފިލްމުގެ ޝޫޓިންގައި ވަރަށް ބުރަކޮށް އުޅެނިކޮށް  އަބޫދާބީގައި ޓޮމް ކްރޫޒް އުޅޭކަން އަނިލް އަށް އެނގުމުން އޭނާ ވަނީ ޝޫޓިން މެދުކަަނޑާލާފައި ޓޮމް ކްރޫޒް އާއި ބައްދަލުކޮށްފައެވެ. ޓޮމް ކްރޫޒްގެ 'މިޝަން އިމްޕޮސިބަލް- ގޯސްޓް ޕްރޮޓޮކޯލް' ގައި އަނިލް ވަނީ ޓޮމް ކްރޫޒް އާއެކު ސްކްރީން ހިއްސާކޮށްފައެވެ. 

ހިންދުސްތާން ޓައިމްސް އާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ވަރަށް އަވަދިނެތި އުޅެމުންވެސް ދެ ތަރިންވަނީ އެއްދުވަސް އެކުގައި ހޭދަކޮށްފައެވެ. އަނިލް އާއި ޓޮމް ކްރޫޒް އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެހެންކަމުން ދެ ތަރީންގެ ބައްދަލުވުމުގައި ކަސްރަތު ޝެޑިއުލް އާއި ކެއުމާއި މަސައްކަތް ރޭވިފައިވާ ގޮތާ މެދު ވާހަކަ ދެއްކިކަމަށް ވެއެވެ. މީޑީއާ ރިޕޯޓްތައް ބުނާގޮތުން އަނިލް ކުރިއަށްވުރެ މާ ސިއްހަތު ރަނގަޅުކަމަށް ޓޮމް ބުންޏެވެ. އަދި 'ރޭސް 3' ގައި އަނިލްގެ ލުކް އަށް ވަރަށް ބޮޑަށް ތައުރީފް ކުރި ކަމަށްވެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.