
ދީޕިކާ ޕަދުކޯން އަކީ އިންޑިއާގެ ސިނަމާގައި ރަނިކަންކުރާ ފަންނާނެވެ. އޭނާ ވަނީ ބެލުންތެރީންނާ ހަމައަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައެވެ. އަދި އެ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ރޯލުތަކަށް ގިނަ އެވޯޑް ތަކެއް ވެސް ހޯދާފައެވެ. އޭނާ އަށް ލިބިފައިވާ އެވޯޑް ތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން ތަރީގެ އެވޯޑާއި އެންމެ ސްޓައިލިޝް ތަރީގެ ގެ އެވޯޑް ހިމެނެއެވެ.
މިފަހަރު އިންސްޓެގްރާމް އިން މިވަނީ އެންމެ ގިނަ ފޮލޯވަރުން ތިބި އެކައުންޓް (މޯސްޓް ފޮލޯވްޑް އެކައުންޓް) ގެ އެވޯޑް ދީޕިކާ އަށް ދީފައެވެ. އޭނާ އަށް މި އެވޯޑް ލިބުނީ އިންޑިއާ އިންސްޓެގްރާމް އެވޯޑް ގައެވެ. އިންސްޓެގްރާމްގައި 22.4 މިލިއަން މީހުން ދީޕިކާ ފޮލޯ ކުރެއެވެ. މިއީ ބޮލީވުޑްގެ ސެލެބްރިޓީންގެ ތެރެއިން އެންމެ ގިނަ ފޮލޯވަރުން ތިބި ސެލެބްރިޓީ އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރީ ޕްރިޔަންކާ ޗޯޕްރާ އެވެ. އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތް ކޯލީ އަށް ލިބުނީ 'މޯސްޓް އެންގޭޖްޑް އެކައުންޓް' އެވޯޑް ލިބުނެވެ. އިޝާން ޓައްކަރު އަށް ލިބުނީ 'އިމަރޖިންގ އެކައުންޓް' ގެ އެވޯޑެވެ. އޭނާ އަށް މި އެވޯޑް ދީފައިވަނީ 2017ވަނަ އަހަރު އޭނާގެ އިންސްޓެގްރާމް ފޮލޯވަރުން އިތުރުވެފައިވާތީ އެވެ.
މައުލޫމާތު ނެގީ އިންސްޓެގްރާމް އިން