
އައްޑޫސިޓީ، ހިތަދޫ ދިރާމުލިގޭގެ ގޯތިތެރޭގައި ޕާކުކޮށްފައިއިއޮތް ކާރެއްގައި ރޭ ދަންވަރު ރޯވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:00 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ މައުލޫމާމާތު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ އެތަނަށް ގޮސް އަލިފާން ނިއްވާލައިފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެ ގޯތިތެރޭގައި ޕާރކްކޮށްފައި ހުރި ސައިކަލަކަށް ވަނީ ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.