ޞަލާހުއްދީން ސްކޫލުގެ ކެޑޭޓުންނަށް ސަރވައިވަލް އަދި ސްވިމިންގ ޕްރޮގްރާމެއް

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ، މެރިން ޑިޕްލޯއިމަންޓް ޔުނިޓް 3 ގެ ސިފައިން، ޞަލާހުއްދީން ސްކޫލުގެ ކެޑޭޓު ދަރިވަރުންނަށް ޚާއްޞަ ސަރވައިވަލް އަދި ސްވިމިންގ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ހުޅުމާލެ ފޭސް 2ގެ ގޮނޑުދޮށް ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ އެއް ދުވަހުގެ މި ޕްރޮގްރާމަކީ، ކުއްލި ހާލަތްތަކުގައި މޫދުގައި ހަރަކާތްތެރިވާނެ ގޮތާއި، ހިކިފަސް ސަރަހައްދަށް އެރުމަށްފަހު އަމަލުކުރަންޖެހޭ އަސާސީ އުސޫލުތަކަށް ދަރިވަރުން އަހުލުވެރިކުރުމުގެ މަގުސަދުގައި ހިންގުނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މޫދުގެ ސަރވައިވަލް އުކުޅުތަކުގެ ތެރެއިން ހިއުމަން ރިންގާއި، ހިއުމަން ކާޕެޓާއި، އަދި ފްލޯޓިންގ ކިޔަވައިދީފައިވެއެވެ. މީގެ އިތުރުން، އެއްގަމުގެ ސަރވައިވަލް އުކުޅުތަކުގެ ތެރެއިން ޝެލްޓާރ ހެދުމާއި، ވޯޓަރ ފިލްޓަރިންގ އާއި، ވަޅުކޮނެގެން ފެން ނަގާނެ ގޮތްތަކުގެ އިތުރުން، އެއްގަމުގައި ހުރެގެން ފެންގަނޑަށް ލައިފް ރިންގު އެއްލާނެ ރަނގަޅުގޮތް ދައްކައިދީ، އެ ހުނަރުތައް ވަނީ އުނގަންނައިދީފައެވެ.

ޖުމްލަ 98 ކެޑޭޓުން ބައިވެރިވި މި ޕްރޮގްރާމްގައި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މެރިން ޑިޕްލޯއިމަންޓް ޔުނިޓް 3ގެ މުދައްރިބުންގެ އިތުރުން، އެމްއެންސީސީގެ 5 މުދައްރިބުން ބައިވެރިވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.