ޝޯރޫމަށް 10 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތާ ގުޅިގެން، ހާއްސަ ޑިސްކައުންޓްތަކާ އެކު ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ ސެޕްޓެންބަރު 29 ން ނޮވެންބަރު 29 އަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ ތެރޭގައި އެކި ވައްތަރުގެ
ފެންމީޓަރާއި، ޕަންޕު އަދި ފެން ތަހުލީލުކުރާ ތަފާތު އާލާތްތައް ހިމެނޭނެއެވެ. މި މުއްދަތުގެ ތެރޭގައި ވިޔަފާރިކުރައްވާ
ހުރިހާ ފަރާތްތަކަށް ވެސް ޚާއްސަ އަގުތަކެއްގައި މި ތަކެތި ލިބިގެންދާނެއެވެ.
އެމް.ޑަބްލިޔު،އެސް.ސީ ޝޯރޫމަކީ، ފެނާއި ނަރުދަމާގެ އެކި މަސައްކަތަށް ބޭނުންވާ ޕްރޮޑަކްޓާއި ސްޕެއަރ ޕާޓްސް އަދި
ފެން ތަހުލީލް ކުރުން ފަދަ ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް، 2016 ވަނަ އަހަރު ހުޅުވާލި ޚާއްސަ ޓްރޭޑް
ސެންޓަރެކެވެ.
ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ސޭލްސް ހޮޓްލައިން 7960022 އަށް ގުޅުއްވާ ނުވަތަ ޝޯރޫމަށް
ވަޑައިގެން ބައްލަވާލެއްވޭނެއެވެ. އަދި sales@mwsc.com.mv އީމެއިލްވެސް ކޮށްލެވޭނެއެވެ.
