އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސް (ސީޑީއެސްއެސް)އިން ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ކުރިއަށްގެންގޮސްފިއެވެ.
ކ.ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި މި މަހުގެ 6އިން 9ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެ ބެންކުގެ 67 މުވައްޒަފުން ބައިވެރިވިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިންނަށް ވަނީ ލީޑަރޝިފް، ފަންކްޝަނަލް ލީޑަރޝިޕް، ކޮމާންޑް ޓާސްކް، ޓީމް ބިލްޑިންގ އެކްސަސައިޒް، ފަޔަރ އެވެއަރނަސް ސެޝަން، ފަސްޓް އެއިޑް އަދި އެބަންޑަން ޝިޕްގެ ބައިތައް ކިޔަވައިދީފައެވެ.
މި ޕްރޮގްރާމަކީ މިލިޓަރީ ސްޓައިލް ޕްރޮގްރާމެއްގެ ތެރެއިން، ލީޑަރޝިޕް, އަދި ޝަހްސު ދެނެގަތުމާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ހޯދައި ދެނެގަނެ، ކޮމްޕެޓިޓިވް މާހައުލެއްގައި ޓީމް ސްޕްރިޓާއި ގުޅުން ހަރުދަނާކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވެފައިވަނީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސްގެ މުދައްރިބުންނެވެ.
އެމްއެންޑީއެފުން ހިންގާ ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމަކީ އެމްއެންޑީއެފް ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސްގައި ހިމެނޭ "މިލިޓަރީ އެއިޑް ޓު ސިވިލް ސޮސައިޓީ"ގެ ދަށުން ސިވިލް ސޮސައިޓީއާއި އެމްއެންޑީއެފާ އޮންނަ ގުޅުން ރަނގަޅުކުރުމަށާއި އިޖުތިމާޢީ މަސައްކަތްތަކުގައި ސިވިލް ސޮސައިޓީގެ އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި ހިންގޭ ޕްރޮގްރާމެކެވެ.
