
މާލެއިން ފުރައިގެން ލ. ގަމަށް ދަތުރު ކުރަމުންދިޔަ ދިނަށަ ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވަމުންދާތީ އެމްއެންޑީއެފުން އެބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެބޯޓު ދިޔަވާން ފެށީ މ. ކުރެލި ކަނޑާ ހިސާބުން ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ. އެ ބޯޓު މިއަދު 12:08 އެހައިކަންހާއިރު ވަނީ ސަލާމަތްތެރިކަމާއެކު މ. ކޮޅުފުށްޓަށް ވަދެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ބޯޓުދިޔަވަމުންދާ ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 9:40 އެހައިކަންހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެޕޯޓުގައި ދަތުރު ކުރަމުންދިޔައީ 7 މީހުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.