މަހްލޫފް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ އެމްޕެރަރ، ހިޒް މެޖެސްޓީ އެމްޕެރަރ ނަރުހިޓޯ އަށް މިއަދު ހެނދުނު އަރުވައިފިއެވެ.

ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހިސް މެޖެސްޓީ އެމްޕެރަރ ނަރުހީޓޯ ވަނީ ސަފީރު މަޚްލޫފަށް މަރުޙަބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި މިރަސްމިއްޔާތުގައި ސަޕީރު މަޚްލޫފްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު އެރުވިއެވެ.

ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސާ ގުޅުން ޤާއިމްކުރެވުނީ 14 ނޮވެމްބަރު 1967 ގައެވެ. މިގޮތުން މިއަންނަ އަހަރަކީ ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާނެ އަހަރެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ސަފީރު މަޚްލޫފުގެ އަރިހުގައި ސަފީރުގެ ނާއިބު،  އަޙްމަދު ޢާދިލް، އަދި ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާ، އާމިނަތު ރަޒިއްޔާ އަދި  އަޝްރަފް ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.