އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، މިނިސްޓަރ އޮފް ސިޓީސް ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރުއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި މޭޔަރު ނިޒާރު ވަނީ އައްޑޫ ސިޓީއަށް މި ވަގުތު އެންމެ ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފައެވެ.
ނިޒާރު ހިއްސާކުރެއްވި ކަންކަމަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްވިއެވެ.
ދެ ބޭފުޅުން ވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

